logo

ޕީއެންސީގެ އެސްޖީގެ މަޤާމުން މުއާޒް ހަލީމް އިސްތިއުފާދެއްވައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
10 ގަޑިއިރު ކުރިން

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކެޓްރީ ޖެނެރަލް (އެސްޖީ) މަގާމުން މުއާޒް ހަލީމް އިސްތިއުފާ ދެއްވައިފިއެވެ.

މުއާޒް ހަލީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ހިންގުން ހަރުދަނާކުރައްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ޙާޞިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ބޭނުންވާތީ އާއި، ޕާޓީގެ ސެކެޓްރީޖެނެރަލްގެ މަޤާމުގައި ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ، މިއަދުން ފެށިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ސެކެޓްރީޖެނެރަލްގެ މަޤާމުން އަޅުގަނޑު އިސްތިއުފާ ދީފައިވާ ކަމަށެވެ.

ކޮންގްރެސް ޕާޓީގެ ލީޑަރޝިޕްގައި 7 ނައިބު ރައީސުންނާއި 10 ލީޑަރޝިޕް މެންބަރުން ތިބެއެވެ. ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އެންމެ ގިނަ މީހުން ތިބި ސިޔާސީ ޕާޓީއެވެ. ޕީއެންސީގެ މެމްބަރުންގެ އެބަތިއްބެއެވެ.74،048 ގޮތުގައ

ad