ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ޒުވަނަކު ނިޔާވެއްޖެއެވެ.
ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ށ. މިލަންދޫ ޒުވާނެކެވެ. ނިޔާވީ އުމުރުން 23 އަހަރުގެ ޒުވާނެކެވެ. އެ ޒުވަނާއަށް ފަރުވާ ދީފައިވަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިދިޔަ މަހު އެކަނި ޑެންގީ ޖެހިގެން 535 މީހުން ރިޕޯޓުކޮށްފައިވާ ކަމަށާއި، އަދި ފެބްރުއަރީ މަހާ އަޅާބަލާ އިރު، މާރިޗު މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށެވެ، ފެބްރުއަރީ މަހު ޑެންގީ ހުން ޖެހިފައިވަނީ 428 މީހުންނަށެވެ.\މި ދުވަސްކޮޅު ޑެންގީ ހުންދަނީ އިތުރުވަމުންނެވެ.
ޑެންގީ ހުމަކީ އީޑީސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ.
އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި، ގައިގައި ރިއްސުމާއި، ލޮލުގެ ފަހަތުގައި ރިއްސުމާއި، ހުޅުހުޅުގައި ރިއްސެއެވެ. އަދި މި ބަލި ނުރައްކާތެރި ދަރަޖައަކަށް ގޮސްފިނަމަ ފުރާނައަށް ނުރައްކާވެއެވެ.


