3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި މެމްބަރުން ހަމަވެފައިނުވާތީ، ޖޫން މަހުގެ 3 ވަނަ ދުވަހުން ފެށިގެން ދަ ޑިމޮކްރެޓްސް އުވާލައިފިއެވެ.
ދަ ޑިމޮކްރެޓްސް އުވާލާ ސިޔާސީ ޕާޓީގެ ދަފްތަރުން އެ ޕާޓީ އުނިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި މެންބަރުން ހަމަވެފައިނުވާތީ، މިއަދުން ފެށިގެން އުވާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީން) ވަނީ ކަށަވަރު ކޮށްދީފައެވެ.
އިސީން ބުނީ މިއަދު ދެ ޕާޓީއެއް އުވާލާފައިވާ ކަމަށެވެ. އެގޮތުން އުވާލީ ޑިމޮކްރެޓްސް ޕާޓީ އާއި، އެމް.އެލް.އެސް.ޑީ.ޕީ އެވެ. އެއީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 މެންބަރުން ހަމަވެފައިނުވާތީ ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ. އެހެންކަމުން އެ ޕާޓީތައް ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމަށް ކޮމިޝަނުން ނިންމީ ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައި ރައީސް ކަމަށް ވާދަކުރެއްވީ އިލިޔާސް ލަބީބެވެ. އެ އިންތިހާބުގައި ތިންވަނަ ކެންޑިޑޭޓެއްގެ ގޮތުގައި އެޕާޓީ އަށް ލިބުނީ 7 އިންސައްތަ ވޯޓެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީތައް ވުޖޫދުވެގެން އައިއިރު، އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ އުފެއްދުމުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ނަޝީދު ހިމެނިވަޑައިގަންނަވައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ރައީސް ނަޝީދާ ދެމެދު ވަރަށް ބޮޑަށް ހިޔާލު ތަފާތުވުން އުފެދި ނަޝީދަށް ވަފާތެރި ބޭފުޅުންތަކެއް އުފެއްދި ޑިމޮކްރެޓްސް ޕާޓީ އުވާލާފައިވާއިރު، ނަޝީދު މިހާރު ހުންނެވީ އެމްޑީޕީގައެވެ. އެގޮތުން މިހާރު އެމަނިކުފާނު ގެންދަވަނީ އެމްޑީޕީގެ ކުރިއަށް އޮތް އެތޭރޭގެ އިންތިހާބުގެ ޗެއާރޕާސަން އަކަށް ވާދަކޮށް ކެމްޕޭން ކުރައްވަމުންނެވެ.


