logo

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަންޖެހޭ މީހަކު ހޯދަން އިއުލާންކޮށްފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
4 ގަޑިއިރު ކުރިން

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަންޖެހޭ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މި އަމުރާ ގުޅިގެން ހޯދަމުންދަނީ، މާލެ، ގ. ޑްރީމްހައުސް އުމުރުން 57 އަހަރުގެ، ޙަސަން ރުޝްދުﷲ އެވެ.

ޙަސަން ރުޝްދުﷲ ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2026 މެއި 14 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ޙަސަން ރުޝްދުﷲއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

ad