ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ މުހިއްމު 22 މަޝްރޫއެއް ހިންގުމަށް މިނިސްޓްރީއޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގް އެންޑް އާރބަން ޑިވެލޮޕްމަންޓާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓިސީސީ)އާ މެދު އެއްބަސްވުންތަކުގައި މިއަދު ސޮއިކޮއްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދު ސޮއި ކުރެއްވި އިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ތެރޭގައި އދ. ހަންޏާމީދޫ، ބ.ކަމަދޫ އަދި ކ.މާފުށި، ނ.މާޅެންދޫ،ރ.އަނގޮޅިތީމު، ރ.ވާދޫ،ށ. ކޮމަންޑޫ އަދި ތ.ވަންދޫ ހިމެނެއެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހއ. ތުރާކުނު،ހއ. ވަށަފަރު،ހދ ނައިވާދޫ، ނ.މިލަންދޫ އަދި އއ. މާޅޮހެވެ.
ބަނދަރު ހެދުމާއި އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުތައް ހިންގާ ރަށްތަކުގެ ތެރޭގައި ކ. ތުލުސްދޫ،ގއ ކަނޑުހުޅުދޫ، ގއ. ނިލަންދޫ،ތ.ކަނޑޫދޫ،ތ.ވިލިފުށި،އަދި ނ. ހޮޅުމީދޫ ހިމެނެއެވެ.
މޫދަށް އެރޭސަރަހައްދާއި ސްލިޕްވޭ ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހދ.ވައިކަަރަދޫ(ސްލިޕްވޭ އަދި ބީޗް) އަދި ރަ. ފައިނު (ބީޗް) ހިމެނެެއެވެ.
އިމާރާތް ކުރުމުގެ މަޝްރޫޢޫތަކުގެ ތެރެއިން ޏ.ފުވައްމުލަކު 9 ފަންގިފިލާގެ އޮފީސްކޮންމްޕްލެކްސް ހިމެނެއެވެ.
މިމަޝްރޫއުތައް ހިންގާ ދާއިރާތައް ތަމްސީލްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން މި ރަސްމިއްޔާތުގައި ބައިވެރި ވަޑައިގަންނެވިއެވެ.

