logo

ގްރީން ފައިނޭންސް ފަސޭހަ ކުރަން ރާއްޖެ އިން އެދިއްޖެ

މަރްޔަމް
19 މިނިޓު ކުރިން
ބެލްޓް އެންޑް ރޯޑް ގްރީން އިންނޮވޭޝަން ކޮންފަރެންސް" ގައި، އެންވަޔަރަމަންޓްގެ ޑެޕިޔުޓީ މިނިސްޓަރ އަލީ ނާސިރު(މ) ވާޙަކަ ދައްކަވަނީ--

ބެލްޓް އެންޑް ރޯޑް ގްރީން އިންނޮވޭޝަން ކޮންފަރެންސް" ގައި، އެންވަޔަރަމަންޓްގެ ޑެޕިޔުޓީ މިނިސްޓަރ އަލީ ނާސިރު(މ) ވާޙަކަ ދައްކަވަނީ--

ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކޮށް ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކުރާ މަޝްރޫއުތަކަށް މާލީ އެހީތެރިކަންކަން ހޯދަން "ގްރީން ފައިނޭންސް" ފަސޭހަކޮށްދިނުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ހޮންގްކޮންގައި ބޭއްވި "ބެލްޓް އެންޑް ރޯޑް ގްރީން އިންނޮވޭޝަން ކޮންފަރެންސް"ގައި، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ޑެޕިޔުޓީ މިނިސްޓަރ އަލީ ނަސީރު ވަނީ، މޫސުމީ ބަދަލުތަކާ ގުޅޭ މާލީ އެހީ ފަސޭހައިން ލިބޭނެ އަދި ސާދާކުރެވިފައިވާ ނިޒާމަކަށް ބޭނުންޖެހިފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި ބްލެންޑެޑް ފައިނޭންސް މެކޭނިޒަމްތައް އިތުރަށް ބޭނުންކުރުމަށާއި، މޫސުމީ ބަދަލުތަކަށް ކެތްކުރާނެ އަސާސީ ގޮނޑިގަނޑުތަކާއި، ފެނުގެ ރައްކާތެރިކަމާއި، އަދި އެޑެޕްޓޭޝަން މަޝްރޫޢުތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ބަޔާންކުރައްވައިފައެވެ.

ނަސީރު ވިދާޅުވީ މިކަންކަން ހާސިލްކުރުމުގެ ބޭނުމަކީ، ހާއްސަކޮށް ކުޑަ ރަށްފުށުގެ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ދިރިއުޅޭ ބަލިކަށި މުޖުތަމައުތައް މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން ރައްކާތެރިކުރުން ކަމަށެވެ.

ހޮންގްކޮންގައި ބޭއްވި ކޮންފަރެންސްއަކީ ބައިނަލްއަގުވީ ފަރާތްތަކާއެކު މަޝްވަރާތައްކޮށް ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށި ހިމާޔަތްކޮށް "ގްރީން އިނޮވޭޝަން"ގެ ކަންކަން އިތުރަށް ބަލައި ހޯދަން މުހިންމު ޕްލެޓްފޯމެއް ކަމަށް އެންވަރަމަންޓް މިނިސްޓްރީން ބުންޏެވެ.

ad