ޖިނާއި މައްސަލައެއްގެ ތުހުމަތުގަ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
މިގޮތުން މާލެ، އާޔަތު ޢައްބާސް (32އ) ހާޒިރުކުރެވޭ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށާއި، ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށްހާޒިރުވާން ޖެހެނީ އޮކްޓޫބަރު 14ވަނަ ދުވަހުގެ 09:00 އަށް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.


