logo

ދ. މީދޫގައި ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މަޒީ
5 ގަޑިއިރު ކުރިން

ދ. މީދޫގައި ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޫބަރު 29 ވަނަ ދުވަހުއެވެ.


މީދޫ ޕޮލިހާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއާއި، މީދޫ ކައުންސިލު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، މިދޫ މުއައްސަސާތަކުގެ މުވައްޒަފުންނާއި، އާންމު ރައްޔިތުން ހިމެނޭގޮތަށް 38 މީހުން ބައިވެރިވިއެވެ.

މި ޕްރޮގްރާމްގައި، އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވެދާނެ ސަބަބުތަކާއި އެފަދަ ކަންކަމުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި އަލިފާން ނިއްވުމަށް ބޭނުންކުރާނެ އާލަތްތަކާއި އެ ތަކެތި ބޭނުންކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އޭގެ އިތުރުން، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަލިފާން ނިއްވަން އުޅޭއިރު ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީ އަދި އަލިފާން ނިންވާނެގޮތް އަމަލީ ގޮތުން ދަސްކޮށްދީފައިވެއެވެ.

މި ޕްރޮގްރާމަކީ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރަންވީ އެންމެ ރަނގަޅު ގޮތްތައް ބުނެދިނުމާއި މިފަދަ ހާދިސާތަކުން ރައްކާތެރިކުރުވުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ad