އެމް.އެން.ޑީ.އެފް. ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ "ލީޑަރޝިޕް އެންހާންސްމަންޓް ޕްރޮގްރާމް" އެމްޑަބްލިއުއެސްސީގެ އިސްވެރިން ކާމިޔާބުކަމާއެކު ފުރިހަމަކޮއްފިއެވެ.
މިއީ ގުޅިގެން މަސައްކަތްކުރުމުގެ ރޫހާއި، އަޚުލާޤާއި، ސްޓްރެޓީޖިކް ވިސްނުމުގެ އިތުރުން ސާބިތުކަން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، މި ޕްރޮގްރާމުން ޙާސިލުކުރެވުނު ޢިލްމާއި ތަޖުރިބާގެ އަލީގައި ކުންފުނީގެ ނިންމުންތައް އިތުރަށް ހަރުދަނާވެ، މަސައްކަތުގެ މާޙައުލުގައި ޓީމުތަކުގެ ޤާބިލުކަން އިތުރުވެ، މުސްތަޤުބަލަށް ތައްޔާރުވެފައިވާ ލީޑަރުންތަކެއް އުފެދިގެންދާނެ ކަމެކެވެ.
މީގެ ސަބަބުން ކުންފުނީގެ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށާއި، ޤައުމަށް ބޭނުންތެރި، ޤާބިލު ލީޑަރުން ބިނާކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޱރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ އިސްކަމާއި، މިނިސްޓަރ އޮފް ޑިފެންސް، ޗީފް އޮފް ޑިފެންސް ފޯސް އަދި އެމްއެންޑީއެފްގެ ލީޑަރޝިޕުން ދެއްވާ ފުރިހަމަ އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.

.jpg&w=256&q=75)
