logo

ޑްރަގް ކޭސް އެއްގައި ފުވައްމުލަކުން ދެ މީހަކު ހައްޔަރު ކޮށްފި

މަރްޔަމް
ގަޑިއިރެއް ކުރިން

ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބަޔަކު އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހު، ހައްޔަރުކުރީ އެ ސިޓީގެ ދޫޑިގަން. އާސިމީ މަންޒިލް، އަޙްމަދު އަފާފު ޢާރިފް، 32، އާއި ދޫޑިގަން، ލާލުގޭ، އަޙްމަދު ވިޝާން، 37، ކަމަށެވެ.

އަންގާރަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުން ހުރި ކަމަށް ބެލެވޭ ތަންތަން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 181 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހާފައިވެ އެވެ.

ad