logo

ރަސްމާލެެ މަޝްރޫއާ ދެކޮޅު ބެނާތައް ކެނޑި ބަޔަކު ހައްޔަރުކޮށްފި

މަރްޔަމް
16 ގަޑިއިރު ކުރިން

ޔޫއޭއީގެ އީގަލް ހިލްސް އަށް ދީގެން ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއާ ދެކޮޅު ޝުއޫރުތައް ލިޔެ މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ކުރީގެ މިނިސްޓަރު އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ސޯޝަލް ނީޑިއާގައި ވިދާޅުވީ، ރަސްމާލެ ވިއްކުމާ ދެކޮޅު ބެނާތައް ކެނޑި ދެ މީހުން އަތުލައިގެންފައިވާ ކަމަށާއި، ބެނާތައް ކަނޑަން ގެންގުޅުނު ދަނޑި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުންނަށް ޝުކުރު އަދާކުރައްވަމުން މަލީހު ވަނީ، އެ މީހުން ލައްވައި ބެނާތައް އަލުން ދަމައި ދިނުމަށާއި، އެކަމަށް ފަންޑުކުރި ސަރުކާރުގެ އިސްވެރިން ހޯދައި ދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

View post on Twitter

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ބޮޑު އެއްވުމެއް އޮންނާނެ އެވެ.

މި އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި އެއްވުމަކީ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްކޮށް ހުންނަަވައިގެން ފެއްޓެެވި ގައުމީ ހަރަކާތުން ބާއްވާ އެއްވުމެކެވެ.

ad