logo

މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ އެއީ ޤައުމުގެ ހެވާއި ލާބައަށްޓަކައި ދައްކި ވާހަކަތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމުގެ މިނިވަންކަމުގެ ވާހަކަދައްކާއިރު މާޒީގައި ކަންވެފައި ހުރިގޮތާއި އެކަންކަން ރަނގަޅުކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ހާމަކުރުން މުހިންމު ކަމަށެވެ. ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހަމައެކަނި ސިޔާސީ ގޮތުން މިނިވަންކަން ލިބިގެން ރައްޔިތުންނަށް ހަގީގީ މިނިވަންކަމުގެ އިހުސާސް ނުކުރެވޭނެ ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ އަންނަން އޮތް ޖީލުތަކަށް ހަގީގީ މާނައިގައި މިނިވަންކަން ހޯދައިދެއްވުން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޚާރިޖީ ގޮތުންނާއި ދާޚީލީ ގޮތުންނާއި ތަރައްގީ އާއި ތަމައްދުނުގެ ގޮތުންވެސް މިޤައުމަކީ މިނިވަން ޤައުމަކަށްވުން މުހިންމު ކަމަށާއި، އަދި ރާއްޖެއާއި ބޭރު ޤައުމުތަކާ އޮންނަ ގުޅުމަކީ މިނިވަންކަމުގައި މުހިންމު ބައެއް ކަމަށެވެ.
އެގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްޑީޕީ ސަރުކާރެއް އަންނަ ކޮންމެ ފަހަރަކު އިޒްރޭލާ ގާތްކަމާއި އަރަބިންނާއި މުސްލިމުންނާއި ދުރުކަމާއި، ވަކި ޤައުމުތަކެއް އިސްކުރާ ކަމާއި، ނޫނިއްޔާ ބައެއްފަހަރު އެ ދުވަހު "މިނިވަން ދުވަހު" ފާހަގަކުރި ގޮތަށް ގޮނޑިކޮއްކޮ ޚާރިޖީ ސިޔާސަތަކީ ވެސް ފެކްޓް ފެންނަން ހުރި ހަގީގަތް ކަމަށް ރައީސް ވިދާޅުވިއެވެ.

ad