logo

ޖަލަށް ވައްދަން އުޅުނު ފަސް ޑްރޯން އެއް އަތުލައިގެންފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
8 ގަޑިއިރު ކުރިން

ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމާއި ޖާގަ އިތުރުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުން ޖަލަށް ވައްދަން އުޅުނު ފަސް ޑްރޯން އަތުލައިގެންފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވީ ޖަލަށް ވައްދަން އުޅުނު ފަސް ޑްރޯން އަތުލައިގެންފައިވާ ކަމަށާއި، ރައީސްގެ އިސްނެންގެވުމާއެކު ވަރަށް އަވަހަށް މިކަން ހައްލުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އަދި މިއީ ދާއިމީ ހައްލެއް ނޫން ކަމަށާއި، މިދިޔަ ރޯދަ މަހުން ފެށިގެން މިއަދާހަމައަށް ފަސް ޑްރޯން ހިފަހައްޓާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޒަރީރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ނިޒާމީގޮތެއްގައި ޖަލުތައް ހިންގަން ފެށިފަހުން މިވޭތިވެދިޔަ ދިގު މާޒީގައި ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް އެދެވޭގޮތެއްގައި މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށެވެ.

މިފަހުން ދައުލަތުގެ މިޑިއާ އަށް ދެއްވި އިންޓަވިއުއެއްގަ ޒަރީރު ވިދާޅުވީ ޖަލުތަކަށް 370 އެއްހާ ބެޑް ކެޕޭސިޓީ އިތުރުކޮށްފައިވާ ކަމަށެވެ. އެއީ ވެސް ޖަލުތަކުގެ ހާލަތު ރަނަގަޅު ކުރެވުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވިދާލުވިއެވެ. އަދި ޖަލުތަކުގެ ޖާގައިގެ މައްސަލައަކީ އަބަދުވެސް ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، އެހެންކަމުން ޖަލަށް އިތުރުވެގެންދާ ބެޑް ކެޕޭސިޓީއާއެކު އޭގެ ސަބަބުން ޖަލުތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރެވޭނެ ކަމަށް ވެސް ޒަރިރު ފާހަގަ ކުރެއްވިއެވެ. އަދި މަނާތަކެތި ވެއްދުން ހުއްޓުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށް އިތުރު ކުރިއެރުންތައް ވެސް ހޯދާނެ ކަމަށް ވިދާޅުވިއެވެ.

ad