މެޖިސްޓްރޭޓްކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ހުޅުވާލައިފިއެވެ.
ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މަގާމަށް އެދި ހުށަހަޅާނީ އޮގަސްޓު 12 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. ނަމަވެސް އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކުން ސުންގަޑިހަމަވުމުގެ ކުރިން އެ ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެ ކަމަށެވެ.
މި ގޮތުން މެޖިސްޓްރޭޓުން ހޯދާ ރަށްތަކަކީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓު، އޭދަފުށީ މެޖިސްޓްރޭޓް ކޯޓު، ގޮއިދޫ މެޖިސްޓްރޭޓް ކޯޓު، ހިންނަވަރު މެޖިސްޓްރޭޓް ކޯޓު، ހިންމަފުށީ މެޖިސްޓްރޭޓް ކޯޓު، މާމިގިލީ މެޖިސްޓްރޭޓް ކޯޓު، ނިލަންދޫ މެޖިސްޓްރޭޓް ކޯޓު، ގައްދޫ މެޖިސްޓްރޭޓް ކޯޓު، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ކަމަށެވެ.
މީގެ ތެރެއިން ގޮއިދޫ އާއި ހިންމަފުއްޓަށް ހޯދަނީ އިސް މެޖިސްޓްރޭޓުންނެވެ.
މެޖިސްޓްރޭޓުުންނަށް މުސާރައިގެ ގޮތުގައި، 26،350ރ. ލިބޭއިރު، ލިވިން އެލަވެންސްގެ ގޮތުގައި 12،000ރ. ރިސްކް އެލަވެންސްގެ ގޮތުގައި 1،650ރ. ފޯނު އެލަވެންސް އާއި މެޑިކަލް އިންޝުއަރެންސް މަޖިލީހުން ކަނޑައަޅާފައިވާ ގޮތަށް ލިބިގެން ދާނެއެވެ.

.jpg&w=256&q=75)
