logo

މި އަހަރު ނިމުމުގެ ކުރިން އަސާސީ ބޭސް ފޯރުކޮށްދޭން މަސައްކަތް ފަށަނީ

ދިޔާމާ އިބްރާހިމް
13 ގަޑިއިރު ކުރިން

މި އަހަރު ނިމުމުގެ ކުރިން އަސާސީ ބޭސް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

އަހާ" ފޯރަމްގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ގީލާ ވިދާޅުވީ ސްޓޭޓްފާމާ މެދުވެރިކޮށް ރަށްރަށުގައި ހުރި ފާމަސީތަކަށް ބޭސް ފޯރިކޮށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިގޮތުން މި އަހަރު ނިމުމުގެ ކުރިން "އެސެންޝަލް މެޑިސިން" ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއްވެސް އަތޮޅު ތެރޭގެ ފާމަސީތަކަށް އަދި ރާއްޖޭގައި ލިބެން ހުންނާނެ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ގީލާ ވިދާޅުވި އެވެ.

ބޭސް އެތެރެކުރަން ސްޓޭޓް ފާމަސޫޓިކަލް އުފެއްދީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

އެ ގޮތުން ބޭސް އެތެރެ ކުރުމަށް ސްޓޭޓްފާމާ އިން ވަނީ ބައެއް ކުންފުނިތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.

ސްޓޭޓް ފާމަސޫޓިކަލް އިން ވަނީ އެ ކުންފުނިން ދޭ ހިދުމަތްތަކަކީ ރައްޔިތުންނާ ގާތުން ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދެވޭ ހިދުމަތްތަކަކަށް ހެދުމުގެ ބޭނުމުގައި 24 ގަޑިއިރު ބޭހުގެ ހިދުމަތް ހޯދުމަށް އެދި ގުޅޭނެ ހާއްސަ ހޮޓްލައިން "1505" ތައާރަފުކޮށްފައެވެ.

ad