logo

ގައިދީން މަސްވެރިކަމުގެ ދާއިރާއަށް ނެރުމަށް މަސައްކަތް ކުރަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
14 ގަޑިއިރު ކުރިން

މަސްވެރިކަމުގެ ދާއިރާގައި ބޭރު މީހުންގެ ބަދަލުގައި ދިވެހިންގެ ހިއްސާ އިތުރުކުރުމުގެ ބޭނުމުގަ ޝަރުޠުހަމަވާ ޤައިދީން މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުވައި މަސްވެރިކަމުގެ ދާއިރާއަށް ނެރުމަށްޓަކައި "ވޯކް-ބޭސްޑް" ރިހެބިލިޓޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއި ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާން އިއްޔެ ވަނީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އާ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގަ ޤައިދީން އަނބުރާ މުޖުތަމަޢަށް ނެރުމުގެ ކުރިން އެމީހުންނަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ފޯރުކޮށްދީ، މަސްވެރިކަމުގެ މަސައްކަތްތަކަށް އަހުލުވެރިކުރުވުމަށްޓަކައި ހިންގިދާނެ ޕްރޮގްރާމްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ

އަދި މި ބައްދަލުކުރެއްވުމުގެ ބޭނުމަކީ ރިހެބިލިޓޭޝަން ޕްރޮގްރާމެއްގެ ސަބަބުން ޤައިދީންނަށް އާމްދަނީ ހޯދުމުގެ ފުރުޞަތު ފަހިވެ، އެމީހުންނަކީ މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް ވެގެންދިއުން ކަމަށާއި، ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް އިތުރު ދިރުމަކާއި ކުރިއެރުމެއް ލިބި، ދިވެހި މަސްވެރިކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ ސިނާޢަތުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު އިތުރުވެ، އިޤްތިޞާދީ ގޮތުން މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ގައިދީންނަށް މި ފަހުން ތައުލީމާއި މަސައްކަތްތަކުގެ ތަފާތު ފުރުސަތުތައް ވަނީ ފަހިކޮށްދީފައެވެ.

ad