logo

ޣައްޒާގެ އުތުރުން، އިސްރާއީލުގެ ތެރެއަށް 2 ރޮކެޓް ހަމަލާ ފޮނުވާލައިފި، މުޖާހިދުން ނުހުއްޓުވޭ

ސައިފު އަޒުހަރު
9 ދުވަސް ކުރިން
--

--

ޣައްޒާގެ އުތުރުން، އިސްރާއީލުގެ ތެރެއަށް 2 ރޮކެޓް ފޮނުވާލައިފިއެވެ.

އިސްތިއުމާރީ އަސްކަރިއްޔާއިން ބުނެފައިވަނީ، ޣައްޒާ ތެރެއިން އައި ދެ ރޮކެޓް ވައްޓާލަން ސިފައިން މަސައްކަތް ކުރި ކަމަށެވެ.

ނަމަވެސް، އިސްރާއީލާ ހަމައަށް އައުމުގެކުރިން ދެ ރޮކެޓްވެސް ޣައްޒާގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ބުނެފައި ވެއެވެ.

ޣައްޒާގެ އުތުރުން، އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް މިދިނީ، އިސްތިއުމާރީ ސިފައިން މުޅި ޣައްޒާގެ އުތުރު ސުންނާފަތި ކޮށްފައި ވަނިކޮށެވެ.

ވައިގެމަގުން އަސްކަރީ ޖެޓާއި، ޑްރޯން ބޭނުންކޮށްގެން ބޮންއަޅައި، އަދި މިސައިލުން ހަމަލާދީ، ގެތަކާއި އިމާރާތްތައް ގާތްގަނޑަކަށް ބިމާހަމަކޮށްލާފައިވާ ވަގުތެއްގައެވެ.

ނުވިތާކަށް، އެއްގަމުމަގުން އަރައިގަނެ ޣައްޒާގެ އުތުރުގައި ބޮޑެތި ޖަރީމާތަކެއް ހިންގަމުން ގެންދާ ވަގުތެއްގައިވެސް މެއެވެ.

ޣައްޒާގެ އުތުރު އެކަށް ސުންނާފަތިކޮށް އަދި ޣައްޒާގެ އުތުރުގައި އޮންނަ ވެރިކަންކުރާ ގާޒާ ސިޓީ ހިފުމަށް ހަމަލާ ދެމުންގެންދާތާވެސް އެތައް ދުވަހެއް ވެއްޖެއެވެ.

ގާޒާ ސިޓީގައި ތިބި މިލިއަނަކަށްވުރެ ގިނަމީހުން ގެދޮރާއި ރަށުން ނެރެ ފައްސަމުން ގެންދާއިރު، ތަނެއްދޮރެއް ނުބަލައި ގެންދަނީ މުޅި ގާޒާ ސިޓީއަށް ބޮންއަޅަމުންނެވެ.

ޣައްޒާގެ މުޅި އުތުރު، އިސްތިއުމާރީ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ދިޔަނަމަވެސް، އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރަމުންދާ މުޖާހިދުންގެ ހަރަކާތްތަކެއް ނުހުއްޓުވެއެވެ.

މުޖާހިދުން ގެންދަނީ، ފިލާތިބެ ކުއްލިއަކަށް ހަމަލާ ދީގެންނާއި، ގޮވާތަކެތި ކުރިން ހަރުކޮށްފައިވާ ދަންތުރަތައް ގޮއްވައި، އިސްތިއުމާރި ޓެރަރިސްޓުން މަރައި، އެމީހުންގެ ހަތިޔާރާއި، ވެހިކަލްތައްވެސް ގޮއްވަމުންނެވެ.

ޣައްޒާ ތެރެއިން މިއަދުވެސް، ރޮކެޓްތަކެއް އިސްރާއީލާ ދިމާއަށް ފޮނުވާލުމުން އެނގިގެންދިޔައީ، މުޖާހިދުން ހުއްޓުވުމުގައި އިސްތިއުމާރީ ސިފައިން ނުކުޅެދިފައިވާ ކަމެވެ.

ad