logo

އެންޓި ބުލީ ބިލެއް ފަރުމާކުރަނީ އެކަށީގެންވާ ފިޔަވަޅު އެޅެން ނެތީމަ: އުޝާމް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
19 ގަޑިއިރު ކުރިން

އެންޓި ބުލީ" ބިލެއް ފަރުމާ ކުރަން ތައްޔާރުވަމުންދާ ކަމަށާއި، އެންޓި ބުލީ ބިލެއް ފަރުމާކުރަނީ އެކަށީގެންވާ ފިޔަވަޅު އެޅެން ނެތީމަ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ އެންޓި ބުލީ އަކީ މިހާރުވެސް ރާއްޖޭގެ ބައެއް ގާނޫނުތަކުގައި އެކަންކަން މަނާކޮށްފައިވާ ކަމެއް ކަމަށެވެ. ނަމަވެސް މާބޮޑަށް ފިޔަވަޅުތަކެއް އެޅޭކަމަށް ނެތް ކަމަށެވެ. އެހެންނަމަވެސް ތައުލީމާ ބެހޭ ގާނޫނުގައިވެސް އެކަންކަން މަނާކުރާ މާއްދާތަކެއް މިހާރު އެބަހުރިކަމަށެވެ. އަދި ރާއްޖޭގައި މިފަދަ ކަންކަން ކުރާ ގޮތާއި މިފަދަ ކަންކަން ކުރެވޭ ނިސްބަތަށް ބަލާއިރު މިކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅޭނެ ގޮތަކަށް ގާނޫނުތަކެެއް މިހާރު ހަދަމުންދާ ކަމަށެވެ.

އެ ބިލްގައި ވަރަށް ބޮޑަށް ބުލީ ކުރުމަކީ ކުށަކަށްވާނެގޮތް ކަނޑައަޅާނެ ކަމަށާއި،އޭގެ އިތުރުން ގާނޫނު ހިނގާ ދާއިރާތައް ކަނޑައެޅިގެން ދާނެ ކަމަށެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި އެހެނިހެން ތައުލީމީ މަރުކަޒުތަކާއި އެ ތަންތަނުގައި ކިޔަވާ ކުދިންނާއި މަސައްކަތްކުރާ ފަރާތްތައްކާއި، އަދި ވަޒީފާގެ މާހައުލުގައާއި ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެ ތަންތަނުން ހިދުމަތް ލިބިގަންނަ މީހުން ހިމެނޭހެން ވަރަށް ތަފްސީލުކޮށް އެ ބިލުގައި ފާހަގަކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އެންޓި ބުލީ" ގާނޫނެއް ހެދުމުގެ މަސައްކަތް ފަށާފައިވާ އިއުލާން ކުރެއްވީ މިދިޔަ މަހުގެ ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް އޭރު ވިދާޅުވީ، ކުޑަކުދިންނާ ހިސާބުން ފެށިގެން ބޮޑެތި މީހުންނާއި ހަމައަށް ގަނާ ކުރުމުގެ މައްސަލަ އޮންނަ ކަމަށާއި އެކަން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

ad