ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިިފި އެވެ.
އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސްފައިވަނިކޮށް ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރަން ހުށައެޅީ ލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމެވެ.
އެ ހުށައެޅުން ފާހަގަކޮށް މެންބަރު މުޙައްމަދު އިބްރާހިމް މަޖިލީހުގެ ރައީސަށް ފޮނުއްވެވި ސިޓީގައި ވަނީ އެކަން ކަމާގުޅޭ ކޮމެޓީގައި ކުރިއަށް ގެންގޮސް ދެއްވުމަށް އެދިފަ އެވެ. އެގޮތުން ކައުންސިލްތަކުގެ ރައީސުންގެ މުސާރަ 45,000 ރުފިޔާ އަަށް ބޮޑުކުރުމަށާއި ނާއިބު ރައީސުންގެ މުސާރަ 35,000 ރުފިޔާ އަށް ހަމަޖެއްސުމަށް އެދިފައިވެ އެވެ.
އަދި ކައުންސިލް މެންބަރުންގެ މުސާރައަކީ 25,000 ރުފިޔާ ކަމަށް ކަނޑައަޅަން މެންބަރު އެދިފައިވެ އެވެ. ކައުންސިލަރުންްގެ މުސާރަ އެ މިންވަރަށް ބޮޑުކުރަން ޖެހޭ ސަބަބުތައްވެސް މެންބަރު ފާހަގަކޮށްފައިވެ އެވެ. ސިޓީގައި ވިދާޅުވެފައި ވަނީ ކައުންސިލްތަކުގެ ރައީސުންގެ މުސާރަ ސެކްރެޓަރީ ޖެނެރަލުންގެ މުސާރައަށް ވުރެ ކުޑަ ކަމަށެވެ. އަދި ކައުންސިލަރުންގެ މުސާރަ, ކައުންސިލްގެ ބައެއް އިދާރީ މުވައްޒިފުންނަށް ވުރެ ކުޑަ ކަމަށެވެ.
އެހެން ކަމުން މިއީ ނިޒާމާއި ބީރައްޓެހި އިންތިހާބީ އޮފިސަލުންގެ ބާރުވެރިކަމަށް އުނިކަން އަންނާނެ ކަމެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރަ ބޮޑުކުރަން ނިންމާފައިވީ ނަމަވެސް، ކައުންސިލަރުންގެ މުސާރައަށް މިވަގުތު ބަދަލެއް ގެނައުމަކީ ދައުލަތުގެ ބަޖެޓަށް ނުކަތާނެ ކަމެއް ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައެއް މެންބަރުން ވަނީ ލަފާދެއްވާފައެވެ. އެހެންކަމުން، މުސާރަ ބޮޑުކުރުމުގެ ބަދަލުގައި، ކައުންސިލަރުންގެ އަދަދު މަދުކޮށް، ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ މައްސަލަ މިހާރު ވަނީ ތަޅުމުގައި ހޫނުވެފައެވެ.
ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާއިރު އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމެޓީތަކުގެ ސިޓީތަކުގެ ރައީސުންގެ މުސާރަ 41,000 ރުފިޔާ އަށް އަދި ރަށްރަށުގެ ރައީސުންގެ މުސާރަ 21,000 ރުފިޔާ ވަނީ ބޮޑުކުރަން ނިންމާފަ އެވެ.

