logo

މާލެއަށް ބޭނުންވާ ބަދަލު ގެންނަން ވެރިކަން ބަދަލުކުރަންޖެހޭ : އިބްރާހީމް މުހައްމަދު ސޯލިހް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ދުވަހެއް ކުރިން

މާލެއަށް ބޭނުންވާ ބަދަލު ގެންނަން ވެރިކަން ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މާލެ މެނިފެސްޓޯ އިފުތިތާހުކުރަން ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އިބޫ ވިދާޅުވީ މާލެ ސިޓީ ތަރައްގީ ކުރުމަކީ ހަމައެކަނި ސިޓީ ކައުންސިލަަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެ ކަމަށް ހައްލު ހޯދައިދޭނެ ވެރިކަމެއް ވެސް ގެނެސްގެން ނޫނީ މި މާލެއަކަށް ހައްލެއް ނުހޯދޭނެ ކަމަަށެވެ. އަދި ޖކުރިއަށް މި އޮތް 2028 ވަނަ އަހަރުގައި އެ ބަދަލު ވެސް ގެންނާނެ ކަމަށާއި، އެހެން ނޫނީއަކާ މި މާލެއަކަށް މި ބޭނުންވާ ބަދަލެއް ނުގެނެވޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މާލޭގައި ދެ ލައްކަ އަށް ވުރެ ގިނަ މީހުން އުޅެމުންދާ ކަމަށާއި އޭގެތެރެއިން 64،000 އަށް ވުރެ ގިނަ މީހުންނަކީ މާލޭގެ ރަށްވެހިން ކަމަށްވާއިރު، ދެން އުޅެނީ އެހެން ގޮތެއް ނެތިގެން މާލޭގައި އުޅޭ ފަރާތްތައް ކަމަށެވެ.

ad