logo

ދެވަނަ ބުރުގައި ތިން ގޮނޑި ޕީއެންސީއަށް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
9 ގަޑިއިރު ކުރިން

ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރުގައި، އަންހެނުންގެ ކޮމެޓީގެ ތިން ގޮނޑި ޕީއެންސީން ކާމިޔާބު ކުރައްވައިފިއެވެ.

މި އިންތިޚާބުގެ ވޯޓުލުން ފެށީ ހެނދުނު 8:00 ޖެހިއިރުއެވެ. އަދި ވޯޓް ފޮށިތައް ބަންދުކޮށްފައިވަނީ ހަވީރު 4 ޖެހިއިރުއެވެ. ބައެއް ފޮށިތަކުގެ ވޯޓުލުން ފެށުން ލަސްވި ނަމަވެސް އެއްވެސް ފޮއްޓެއްގެ ވޯޓުލާ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފައި ނުވެއެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެން ދިޔައީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމުގެ އިތުރުން، ހއ.ކެލާ އަންހެނުންގެ ކޮމިޓީގެ ރައީސްގެ މަގާމަށާއި ހދ.ނޭކުރެންދޫ އަދި ލ.މާވަށުގެ އެ ކޮމިޓީގެ މެންބަރުގެ މަގާމަށް މެންބަރުން އިންތިހާބު ކުރުމަށެވެ.

މި އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން، ޕީއެންސީއަށް ތިން ގޮނޑި، އެމްޑީޕީއަށް އެއް ގޮނޑި، އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓަކު ވެސް ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.

ad