logo

ހާރިޖީ ވަޒީރުގެ މަގާމުން ޑރ. ޚަލީލް ވަކިކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
12 ގަޑިއިރު ކުރިން

ހާރިޖީ ވަޒީރު ކަމުގެ މަގާމުން ޑރ. އަބްދުﷲ ޚަލީލް ވަކިކުރައްވައިފިއެވެ.

ވަޒީރު ޑރ. ޚަލީލް މަގާމުން ވަކި ކުރެއްވިއިރު، އޭނާ އަކީ މި ސަރުކާރުގެ ފުރަތަމަ ސިއްހީ ވަޒީރެވެ. ފަހުން އޭނާ ހާރިޖީ ވަޒީރު ކަމަށް އައްޔަން ކުރެއްވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ގައެވެ.

ވަޒީރު މަގާމުން މަކި ކުރެއްވި ސަބަބެއް ސާފެއް ނުވެއެވެ.

އެހެން ނަަމަވެސް މި ސަރުކާރުން މިހާރު ދަނީ ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެެކްޓަރުންނާއި، ވުޒާރާތަކުގެ ވަޒީރުންގެ މަގާމުތަކަށް ބަދަލުތަކެއް ގެންނަވަމުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ އިންތިޚާބަށްފަހު ބައެއް ކުންފުނިތަކުގެ އެންމެ އިސްވެރިން ފެށިގެން ބައެއް ބޭފުޅުން މަގާމުން ދަނީ ވަކިކުރަމުންނެވެވ.

އިއްޔެ ވަނީ ރައީސް އޮފީހުގެ ޕްރެޒިޑެންޝަން އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ އާރިފްވެސް މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ad