logo

ޕާކުކޮށްފައި އޮތް ޕިކަޕެއްތެރެއިން މަރުވެފައިއޮތް މީހަކު ފެނިއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
9 ގަޑިއިރު ކުރިން

ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ހަބަރު ހުސްވެފައިއޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ މާލެ، ހުސައިނީގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ހަބަރު ހުސްވެފައިއޮތް މީހަކު އޮތްކަމުގެ މައުލޫމާތު 2026 ނޮވެންބަރު 09 ވަނަ ދުވަހުގެ ހެނދުނު 09:17 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިާ ކަމަށެވެ.

އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެއެވެ.

ނިޔާވެފައި ވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ad