logo

ރަސްމާލެ މަޝްރޫޢުގެ ދަށުން ވިއްކާ ޕްރޮޕަޓީތައް ގަންނަ ފަރާތްތަކަށް މިލްކުވާނީ ހަމައެކަނި އެ ޕްރޮޕަޓީއެއް، ބިމެއް މިލްކެއް ނުވާނެ: މުއްތަލިބް

މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

ޔޫއޭއީގެ ކުންފުންޏަކަށް ދީގެން ރަސްމާލޭގައި ހިންގަން ސަރުކާރުން ސޮއިކުރި އެއްބަސްވުމާއި ގުޅިގެން އަނެއްކާވެސް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އެ އެއްބަސްވުމުގެ ދަށުން ރަސްމާލެ އިން ދޭ ބިމުގެ މިލްކުވެރިކަން ގެއްލިދާނެކަމުގެ ކަންބޮޑުވުންތަކެއް މިހާ އާންމުން ފާޅުކުރަމުންދާއިރު މިނިސްޓަރު ވިދާޅުވީީ ރަސްމާލެ މަޝްރޫޢުގެ ދަށުން ވިއްކާ ޕްރޮޕަޓީތައް ގަންނަ ފަރާތްތަކަށް މިލްކުވާނީ ހަމައެކަނި އެ ޕްރޮޕަޓީ ކަމަށާއި، އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެއް ކަމަށެވެ.

ރަސްމާލެއިން ޕްރޮޕަޓީއެއް ގަންނަ ފަރާތަކުން އެ ވިއްކާލަން ބޭނުންވި ނަމަވެސް، ނުވަތަ އެފަރާތެއް މަރުވުމުން ވާރުތަވާން އޮތް ނަމަވެސް، އެކަން ކުރެވޭނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަ ދިނުމުން ކަމަށާއި، އަދި ސަރުކާރުން އެ ހުއްދަ ދޭނީ އެކަމަށް ކަނޑައެޅިފައިވާ ފީ ނެގުމަށްފަހުގައި ކަމަށެެވެ. އެފަދަ ޕްރޮޕަޓީތައް އޮޓޮމެޓިކުން ވާރުތަވާނޭ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

ދިވެހި ދައުލަތަކީ ފަޚުރުވެރި މިނިވަން ދައުލަތެއް ކަމަށާއި، ދިވެހި ދައުލަތް ތަނަވަސްވެ ތަރައްޤީ ވަމުން ދިއުމަކީ އިސްތިޤުލާލު ވަރުގަދަވެ، އެހެން ޤައުމުތަކުގެ ނުފޫޒުން ސަލާމަތްވެ އޮތުމަށް މުހިއްމު ކަމެއް، ކަމަށެވެ. އަދި ދިވެހި ދައުލަތް މުއްސަދިވުމަކީ ދިވެހިރާއްޖެ އަށް ނުފޫޒު ފޯރުވަން ބޭނުންވާ ފަރާތްތަކުން އެދޭނެ ކަމެއް ނޫން ކަމަށެވެ. ރާއްޖެ އަށް ބޭނުން ވަނީ ޖީލުތަކަށް ދެމިގެންދާ ތަރައްޤީގެ މިފަދަ މަޝްރޫއުތައް ކަމަށާއި، ކުރު މުއްދަތުގެ މަންފާއެއް ނޫން ކަމަށެވެ.

ރަސްމާލޭގައި ވޯޓާފްރަންޓާއި މެރީނާއެއް ތަރައްގީކުރަން 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސްއާ އެކު ސޮއިކުރީ މި މަހުގެ 21 ގަ އެވެ.

ad