logo

ވިއްކަން ކާބޯތަކެތި ހަދާ ގެތަކަށް އެމްއެފްޑީއޭ މީހުން ވަދެ ޗެކްކުރަނީ

މަރްޔަމް
14 ގަޑިއިރު ކުރިން

ވިޔަފާރިއަށް ކާބޯތަކެތި ހަދާ ގެތަކަށް ވަދެ ޗެކުކުރަން ފަށަން ނިންމާފައިވާކަމަަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

އެމްއެފްޑީއޭ އިން ބުނީ އެ އޮތޯރިޓީގައި ދަފުތަރުކޮށްފައިވާ، އަމިއްލަ ދިރިއުޅުމަށް ޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރާގޮތް ބެލުމަށްޓަކައި ސަވެއިލަންސް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

މި އިންސްޕެކްޝަންގައި ބަލާނީ "އަމިއްލަ ދިރިއުޅުމަށް ޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު"އަށް އަމަލުލުރަމުންދާ މިންވަރުކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.

މި އިންސްޕެކްޝަންތައް ކުރިއަށްދާނީ އަންނަ މަހުގެ 05 ވަނަދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.

ވީމާ، މި މުއްދަތުގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރާ ގޭގެއަށް މި އޮތޯރިޓީގެ އިންސްޕެކްޓަރުން ޒިޔާރަތްކުރާނެކަން ޢާންމުކޮށް އަންގައި އިއުލާން ކުރަމެވެ.

މި ކަމާގުޅޭ އިތުރު މައުލޫމާތު ބޭނުން ފަރާތްތަކުން އެއޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7603204 އަދި 3034221 އަށް ގުޅަން އެމްއެފްޑީއޭއިން އިލްތިމާސްކުރެއެވެ.

ad