ރައްޔިތުންނަށް ވެވަޑައިގަތް ހުރިހާ ވަޢުދެއް ފޮތަކަށް އެއްކުރައްވާ ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ، ރައީސް މުޢިއްޒު ކަމަށް ވަޒީރު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ ރައްޔިތުންނަށް ވެވަޑައިގަތް ހުރިހާ ވަޢުދެއް ފޮތަކަށް އެއްކުރައްވާ ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށާއި، އެކަން ކުރެއްވީވެސް ނުހަނު ހާމަކަމާއި ތެދުވެރިކަމާއެކު އެ ވަޢުދުތައް ފުއްދެވުމުގެ ހެޔޮ ނިޔަތުގަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ވަރަށް ގިނަ ވަގުތުވެސް މިކަމަަށް ޚާއްޞަކުރެއްވާ ކޮންމެ މަޝްރޫޢެއްގެ އަދާހަމަ އަމިއްލަފުޅަށް ބެއްލަވާ ކަންކަން ނިމެމުންދާ ވަރު ވަޒަންކުރެއްވި ދައްޗެއް އޮތް ނަމަ ޙައްލު ހޯއްދަވަން ސީދާ ރައީސް އިސްނެންގެވި ކަމަށެވެ. އެގޮތުން ކޮންމެ ވަޢުދަކާ ގުޅޭ މަސައްކަތްތަކުގައިވެސް ޝާމިލްވާ ހުރިހާ ޒިންމާދާރު ފަރާތަކާ އެއް ޙާޒިރުގައި، ރައްޔިތުންނަށް ކޮށްދެއްވަން ހުރި ކަންކަމަށް އެންމެ އިސްކަން ދެއްވައިގެން ވަގުތު އެ ޚާއްޞަކުރައްވަނީ، އިޚްލާޞްތެރިކަމާއެކު ޤައުމަށް ޚިދުމަތްކުރެއްވުމަށް ކަމަށެވެ. ރައީސް ޑރ މުޙައްމަދު މުޢިއްޒު ހިތްޕުޅުގައި އޮތް ޝައުޤާއި ސަމާލުކަމުގެ ބޮޑުކަމުން މިއީ ވެރިކަންކުރާ ޕާޓީއަށްވެސް ލިބިގެންދާ ވަރަށްބޮޑު ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވިއެވެ.


