logo

ފުވައްމުލަކު ސިޓީ މޭޔަރާއި އެ ސިޓީގެ ގިނަ ކައުންސިލަރުން ފައިސަލް އެންޑޯސް ކުރައްވައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ދުވަހެއް ކުރިން

ފުވައްމުލަކު ސިޓީ މޭޔަރާއި އެ ސިޓީގެ ގިނަ ކައުންސިލަރުންތަކެއް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެންޑޯސް ކުރައްވައިފިއެވެ.

ފުވައްމުލަކު ސިޓީ މޭޔަރު އިސްމާޢީލް ރަފީޤާ އެކު ގިނަ ކައުންސިލަރުންތަކެއް ފައިސަލް އެންޑޯސް ކުރައްވައިފައިވަނީ ރޭ ހުޅުމާލޭ ވަންސެންޓްރަލް، ގްރޭންޑް ޕާރކްސައިޑުގައި ބޭއްވި އެ ސިޓީގެ ކެމްޕެއިން ކޯޑިނޭޓަރުންގެ ބައްދަލުވުމުގައެވެ.

އެގޮތުން އެ ބައްދަލުވުމުގައި މޭޔަރާ އެކު އިތުރު 7 ކައުންސިލަރުން ވަނީ ފައިސަލް އެންޑޯސް ކުރިކަން ހާމަކުރައްވާފައެވެ.

ފައިސަލް ނަސީމް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ރަނިންމޭޓަކަށް ހަމަޖައްސަވައިގެން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފުރިހަމަ ތާއީދާއެކުގައެވެ.

ad