logo

ރައީސް ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް އަންނަ އަންގާރަދުވަހު ވަޑައިގަންނަވަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

ދިވެހިރާއްޖެ އާއި ޕާކިސްތާނާއި ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ޑރ. މުޙައްމަދު މުއިއްޒު، ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގަންނަވާ ގޮތަށް ނިންމައިފިއެވެ.

މި ދަތުރުފުޅަކީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތައް ރައީސް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި، ކެބިނެޓް މިނިސްޓަރުން ހިމެނިވަޑައިގަންނަވާހެން ސަރުކާރުގެ އިސް ވަފުދެއް ޕާކިސްތާނުގެ ވެރިކަންކުރާ އިސްލާމްއާބާދަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ފުޅާކުރުމުގެ ގޮތުން ގިނަ އެއްބަސްވުންތަކެއް ގާއިމްކުރެވިގެން ދާނެ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއާއި ޕާކިސްތާނާއި ދެމެދު ހާރިޖީ ގުޅުން ގާއިމްކޮށްފައި ވަނީ 1966 ވަނަ އަހަރުގައެވެ. ދެޤައުމުގެ ގުޅުމަށް މިއަހަރު ވަނީ 60 އަހަރު ފުރިފައެވެ

ad