logo

އައްޑޫ މީދޫގައި ޤާއިމުކުރި އެގްރިކަލްޗަރ ނާސަރީ ވަޒީރު އަޙްމަދު ޝިޔާމް ހުޅުއްވައިދެއްވައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
9 ގަޑިއިރު ކުރިން

އައްޑޫ މީދޫގައި ޤާއިމުކުރި އެގްރިކަލްޗަރ ނާސަރީ ވަޒީރު އަޙްމަދު ޝިޔާމް ހުޅުއްވައިދެއްވައިފިއެވެ.

މީދޫގައި ޤާއިމުކުރި އެގްރިކަލްޗަރ ނާސަރީ އަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، އައްޑޫ މީދޫގައި ޤާއިމުކުރި ނާސަރީ އެކެވެ. މި ނާސަރީއަކީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އައްޑޫ މީދޫ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫޢަކީ އައްޑޫ މީދޫގެ ދަނޑުވެރިކަން ކުރިއެރުވުމަށާއި، ރަށުގެ ފެހިކަން އިތުރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ގަސްގަހާގެހި ހެއްދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީއާއި ރަށު ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ad