ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއް އެތެރެކޮށް ވިއްކާތީ ސަމާލުވާން އެދިއްޖެއެވެ.
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ އަސްލާ އެއްގޮތުގެ ނަކަލެއް ރާއްޖެ އެތެރެކޮށްފައިވާތީ ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.
އެމްއެފްޑީއޭއިން ގެޒެޓުކުރި ކުރި އިއުލާނެއްގައި ބުނީ އަޔަލޭންޑުގެ ކުންފުންޏެއް ކަމަށްވާ ސްވޯޑްސް ލެބޯރެޓޮރީސް އަންލިމިޓެޑް ކުންފުނިން އުފައްދާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަން އަސްލާ އެއްގޮތަށް ނަކަލުކޮށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ.
އެ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތުގައިވަނީ މި އިންޖެކްޝަންގެ ބެޗު ނަންބަރު 8081399 ރާއްޖެއަށް އެތެރެކުރި ކަމަށާއި، މި ބެޗު ރާއްޖެ އެތެރެކޮށް ވިއްކައި ބޭނުންކުރުން މަނާ ކަމަށެވެ.

.jpg&w=256&q=75)
