ދާޚިލީ ގޮތުން ޤައުމުގައި މިނިވަންކަން އޮންނާނީ ޑިމޮކްރަސީގެ މިނިވަންކަން ފުރިހަމަ ގޮތުގައި ލިބިގެން ކަމަށާއި، ރާއްޖޭގެ ތާރީޚުގައިވެސް އަދުގެ ސަރުކާރުން ރާއްޖޭގައި ޑިމޮކްރަސީ މިނިވަންކޮށްދީފައިވާ ވަރަށް ދުވަހަކުވެސް ޑިމޮކްރަސީ މިނިވަންކަމާއެކު ތަންފީޒު ކުރެވިފައި ނުވާކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ސިޔާސީ ހަރަކާތްތައް ހިންގުމުގައި އެއްވެސް ހުރަހެއް ނެތްކަމަށާއި، މީގެކުރިން އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލުމުގެ ސަގާފަތެއް ގެންގުޅުނު ނަމަވެސް މިއަދު އެ ފަރާތްތަކުން ބޭނުންވާ ގޮތަކަށް ހަރަކާތްތެރިވުމަށް ފުރިހަމަ މިނިވަކަން ދެއްވާފައިވާ ކަމަށެވެ.
އަދި އެއްވެސް ސިޔާސީ ލީޑަރަކު މިހާތަނަށް އާއިރު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި، ކުރީގެ ރައީސްކަން ކޮށްފައި ހުރި އެއްވެސް ބޭފުޅަކު ޖަލަށްލާފައި ނުވާނެ ކަމަށެވެ. ސަރުކާރެއް ހޮވާތަނުން އަވަސްވެ ގަންނަނީ ކުރީގައި އެންމެފަހުން ވެރިކަމުން ފޭބިމީހާ ޖަލަށްލެވޭތޯ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެރު ބަދަލު ހިފުމުގެ ރޫހު ނޫންކަމެއް ޤައުމުގައި ތަންފީޒުކޮށްފައިނުވާ ކަމަށް ވެސް ރައިސް ވިދާޅުވިއެވެ.

.jpg&w=256&q=75)
