logo

އިންޑިއާއިން ގެއްލިގެން ހޯދި އައްޔަބެ ފެނިއްޖެ

މަރްޔަމް
ގަޑިއިރެއް ކުރިން

ބޭހަށް އިންޑިއާގެ ޓްރިވެންޑްރަމަށް ގޮސް އުޅެނިކޮށް ގެއްލުނު އަލީ އިބްރާހިމް މިއަދު ފެނިއްޖެ އެވެ.

އިއްޔެ ހެނދުނު 5:30 އިން ފެށިގެން ގެއްލިގެން ހޯދަމުންދިޔައީ ރ. މީދޫ، އަތަމާގެ، އަލީ އިބްރާހީމް (އައްޔަބޭ) އެވެ.

ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނުނީ މަގުމަތީގައި އިށީނދެ އިންދާ ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

އޭނާ މަގުމަތީ އިށީނދެ އިނީ މަގު އޮޅިގެންނެވެ.

ގެއްލުނުތާ 24 ގަޑިއިރަށް ވުރެ ފަހުން ފެނުނު އިރު އަލީގެ ހާލު ރަނގަޅު ކަމަށް ވެސް އެނގިފައިވެ އެވެ.

އަލީ އިބްރާހީމް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް އާއިލާގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ad