logo

ޔޫތު ކައުންސިލިންގ ޚިދުމަތަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިނެއް ތަޢާރަފުކޮށްފި

މުސްލިމާ ޙަސަން
12 ގަޑިއިރު ކުރިން

ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި، އެކި ކަހަލަ ނަފްސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޒުވާނުންގެ ކައުންސެލިންގ ޚިދުމަތްތަކަށް ޚާއްޞަ ހިލޭ ގުޅޭ ނަންބަރު (ޓޯލް-ފްރީ ލައިން) "1456" ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ކޮންމެ ޒުވާނަކަށްވެސް އެމީހެއްގެ ބޭނުންތަކާ އެއްގޮތަށް، ފަސޭހަކަމާއެކު އެއް ފުރާޅެއްގެ ދަށުން ކައުންސެލިންގއާއި، ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަމާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު ފޯރުކޮށްދިނުމެވެ.

މި ހޮޓްލައިން މެދުވެރިކޮށް ޒުވާނުންނަށް ލިބިގެންދާނެ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި:

- ވަކިވަކި ފަރުދުންނަށާއި ޢާއިލާތަކަށް ބޭނުންވާ ކައުންސެލިންގ ޚިދުމަތް

- ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަމާއި އިރުޝާދު

- ނަފްސާނީ ކުއްލި އެހީތެރިކަން

- ޞިއްޙީ ސްކްރީނިންގ ޚިދުމަތްތައް

- ދިރިއުޅުމުގެ ހުނަރުތަކާއި ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް

- ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅުންހުރި އެހެނިހެން އެހީތެރިކަން

މި ޚިދުމަތް ލިބިގެންދާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދު 1456 އަށް ގުޅައިގެން މި ޚިދުމަތްތައް ހިލޭ ހޯދޭނެއެވެ.

ad