logo

އާ ފަރުމާއެއްގެ އޮއެވާލި ކަނދުފައްޗެއް އއ.ތޮއްޑޫ ބޭރުގައި އަޅައިފި

މަޒީ
6 ގަޑިއިރު ކުރިން

އޮއެވާލި ކަނދުފަތީގެ ފަރުމާތައް އިތުރަށް ތަރައްގީކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން ފުރަތަމަ ފަހަރަށް އާ ފަރުމާއެއްގެ އޮއެވާލި ކަނދުފަތި އއ.ތޮއްޑޫ ހުޅުަނގު އުތުރުން 5 މޭލު ބޭރުގައި އަޅައިފިއެވެ.

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފް. އޭ. އޯ)ގެ އެހީގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހިންގަމުން ގެންދާ، އޮއެވާލި ކަނދުފަތީގެ ޑިޒައިން އިތުރަށް ތަރައްޤީކުރުމަށް ކުރިޔަށްދާ މަޝްރޫޢުގެ ދަށުން ވަދު މަސްވެރިކަމަށާއި މުނިފޫހިފިލުވުމުގެ މަސްވެރިކަމަށް ޚާއްޞަ ކަނދުފައްޗެއް ތައްޔާރުކުރުމަށް ފަހު އއ. ތޮއްޑޫގެ ހުޅަނގު އުތުރުން 5 މޭލު ބޭރުގައި ވަނީ އަޅާފައެވެ.

މިއީ މިފަދަ ކަނދުފައްޗެއް ރާއްޖޭގައި އެޅި ފުރަތަމަ ފަހަރެވެ.

މި ކަނދުފައްޗަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ޤާއިމްކުރާ "ސަބްމާޖްޑް" ނުވަތަ "ސަބްސަރފޭސް" ކަނދުފަތީގެ ފަރުމާ އަސްލަކަށް ބަލައިގެން ކަނދުފަތީގެ ފޮލޯޓިންގް ސްޓްރަކްޗަރ ދެފެންދޭތެރޭގައި އޮންނަ ގޮތަށް ފަރުމާކޮށް ތައްޔާރުކޮށްފައިވާ ކަނދުފައްޗެކެވެ.

މިކަނދުފަތީގެ ނަގިލިވަލުގެ ގޮތުގައި ބޭނުންކޮށްފައިވާ 'ފްލޯޓިންގ' ވަލާއި 'ސިންކިންގ' ވަލަކީ މިކަނދުފައްޗަށް ހާއްސަކޮށްގެން ގެނެވުނު އާ ބާވަތެއްގެ ވަލެކެވެ.

ކަނދުފަތީގެ މައި ފްލޯޓީންގް ސްޓްރަކްޗަރ 20 މީޓަރު ފެނުއަޑީގައި ކަނދުފަތީގެ މައި ނަގިލި ވަލާއި ގުޅޭގޮތަށް ހަރުކޮށްފައިވާނެއެވެ. އަދި މި ފުންމިނުގައި ފަނާވެގެންދާފަދަ ބާވަތަކުން ތައްޔާރު ކޮށްފައިވާ "ނޮން އެންޓޭންގްލިންގ" ދައުތަކެއް ހަރުކޮށްފައިވާނެއެވެ.

ad