logo

ކުރީގެ ރައީސް ނަޝީދަށް ނުސީދާގޮތެއްގައި މީކާއީލު ފާޑު ވިދާޅުވެއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ދުވަހެއް ކުރިން

ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގަ ޗެއާރޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް ނަޝީދަށް އެމަނުކުފާނާއި ވާދަވެރި ކެންޑިޑޭޓް ފާޑު ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީން ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ ވަކިކޮޅެއް ނަގާފަ ހުރި ޗެއާރޕާސަންއެއް ހޮވިއްޖިއްޔާ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އެމްޑީޕީ އަށް ފަސޭހަ ނުވާނެ ކަމަށެވެ. އަދި ވަކިކޮޅެއް ނަންގަވަގެން ހުންނެވި ޗެއާޕާސަަންއެއް ހޮވިއްޖެނަމަ މުޅި ޕާޓީ އަނެއްކާވެސް ބައިބައިވެ ރިޔާސީ އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑު ވާނެ ކަމަށް ވިދާޅުވިއެވެ.

މީކާއިލް މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ވަނީ ރިޔާސީ ޕްރައިމެރީގައި އެމްޑީޕީން ވާދަކުރައްވާ ކުރީގެ އެ ޕާޓީގެ ޗެއާރޕާސަަން ފައްޔާޒު އިސްމާއިލް އަށް ތާއިދު ކުރަން ނިންމާފައެވެ. ރައިސް ނަޝީދު އާއި ފައްޔާޒް އިސްމާއިލް މިހާރުވަނީ ޗެއަރޕާސަން އިންތިހާބުގެ ކެޕްޕޭނަށް އަތޮޅު ތެރެއަށް ދަތުރު ފައްޓަވާފައެވެ. މިއަދު ބައްދަލުވުމުގައި އިތުރަށް މީކާއިލް ވިދާޅުވީ އެބޭފުޅާ ޗެއާރޕާސަންގެ ރޭހަށް ނުކުތީ ރިޔާސީ އިންތިހަބު ކާމިޔާބުކޮށް ޕާޓީ ހަމަމަގަށް އެޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވާދަކުރައްވަން ވަނީ ނިންމާފައެެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވީ މީކާއިލްއެވެ. އޭގެ ފަހުގައި ކުރީގެ ރައީސް ނަޝީދު އެ މަގާމަށް ކުރިމަތިލައްވާނެ ކަން އިއުލާން ކުރެއްވި އިރު، އެންމެ ފަހުން އެ މަގާމަށް ކުރިމަތިލާން ނިންމެވިކަން އިއުލާން ކުރެއްވީ އަލްހާނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއީލް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެހެން ކަމުން ވަގުތީ ޗެއާޕާސަނެއް ވަނީ އިންތިހާބު ކޮށްފަ އެވެ. މަގާމުގެ މުހިންމު ކަމުގެ ސަބަބުން ވަގުތީ ޗެއާޕާސަނެއް ވެސް އައްޔަނު ކުރުން ވެގެންދިޔައީ ބޮޑު ހަނގުރާމައަކަށެވެ. އެކަމަށްޓަކައި ފުރަތަމަ ބޭއްވުނު ބައްދަލްވުން ނިމުނީ ބޮޑު އަރައިރުމަކުންނެވެ.

ފަހުން އޮތް ބައްދަލުވުމެއްގައި އެ މަގާމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަނީ އިންތިހާބު ކޮށްފަ އެވެ. ނަމަވެސް ދާއިމީ ޗެއާޕާސަނެއް އައްޔަނު ކުރެވެންދެން ވެސް އެމްޑީޕީގެ އެތެރޭގެ ހަމަޖެހުން ހިފެހެއްޓޭ ގޮތެއް ނުވި އެވެ. ޣަފޫރު ނިންމެވި ބައެއް ނިންމުންތަކާއިމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން އުފެދި ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭން ދިމާވި އެވެ. އެހެން ކަމުން މަޖުބޫރީ ހާލަތުގައި ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވި އެވެ.

ad