logo

މިދިޔަ އަހަރު އެމްއެމްއޭއަށް މާރުކުރި ޑޮލަރުގެ އަދަދު 500 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް އަރާފައިވާ ކަަމށް ރައީސް ވިދާޅުވެއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

މިދިޔަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން އެމްއެމްއޭއަށް މާރުކުރި ޑޮލަރުގެ އަދަދު 500 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް އަރާފައިވާ ކަަމށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައީސް ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒުކުރަން ފެށިފަހުން 2025 ވަނަ އަހަރު ޖެނުއަރީއިން ފެށިގެން ޑިސެމްބަރާ ހަމައަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް 492 މިލިއަން އެމެރިކާ ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން 2025 ވަނަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވުމަށް މަގުފަހިވި. މިގޮތުން ބަލާއިރު ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވްގައި 1.13 ބިލިއަން ޑޮލަރަށްވުރެ މަތީގައި އެބަހުރި. މިއީ ރާއްޖޭގެ ތާރީހުގައިވެސް ރަސްމީ ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ވޭތުވެ ދިޔަ ސަރުކާރުތަކުން މާލީ ކަންކަމުގައި ގެންގުޅުނު ޒިންމާދާރުކަން ކުޑަ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން މާލީ ކަންކަން، މި ސަރުކާރާ ހަވާލުވިއިރު އޮތީ ބޮއްސުންލާފައި ކަމަށާއި ދައުލަތަށް ލިބޭ އާމްދަނީގެ އިތުރުން ބޮޑުއަގުގައި ބޭރުގެ ފަރާތްތަކުން ބޮޑެތި ދަރަނިތައް ނެގުމާއި ފައިސާ ޗާޕްކޮށްގެން ހަރަދުކުރުން ހައްދުފަހަނައަޅާފައި އޮތްކަމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެމަނިކުފާނު އަވަސްވެގަންނަން ޖެހުނީ އެކަންކަމަށް ހައްލު ހޯދުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި އެހާލަތުން އަރައިގަތުމަށްޓަކައި މި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެގޮތުން މި ސަރުކާރުގެ މާލީ ސިޔާސަތުތައް ބައްޓަން ކުރުމުގައި ފިސްކަލް އަދި ދަރަނީގެ ދެމެހެއްްޓެނިވިކަން އިޔާދަކޮށް މެކްރޯ އިކޮނޮމިކް ސްޓެބިލިޓީ ގާއިމުކުރުމަށް ހާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ad