logo

މިނިވަން ނޫސްވެރިކަމަކީ ތެދު ހާމަކުރާ، އިތުބާރާއި ނަޒާހަތްތެރިކަން ނެގެހެއްޓުން: ރައީސް

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

މިނިވަން ނޫސްވެރިކަމަކީ މަދަނީ ބައިވެރިވުން ވަރުގަދަކޮށްދޭ ކަމެއްގެ އިތުރުން ތެދު މަޢުލޫމާތު ރައްކާތެރިކޮށްދޭ ވަސީލަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ދިފާއުކުރުމަށް މަސައްކަތްކުރާ ފަރުދުންނާއި ޖަމިއްޔާތަކުގެ މުހިންމުކަމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

އެގޮތުން އެ ފަރާތްތަކަކީ ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދޭ، ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ކަށަވަރުކޮށްދޭ އެންމެ މުހިންމު އެއް ބާރުކަމުގައި ރައީސް ވިދާޅުވިއެވެ.

View post on Twitter

އަދި މިނިވަން ނޫސްވެރިކަމަކީ މަދަނީ ބައިވެރިވުން ވަރުގަދަކޮށްދޭ ކަމެއްގެ އިތުރުން ތެދު މަޢުލޫމާތު ރައްކާތެރިކޮށްދޭ ވަސީލަތެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހިރާއްޖެއިން މަސައްކަތް ކުރަމުންދަނީ މީޑިއާއަށް އިންވެސްޓްކޮށް، މަޢުލޫމާތު ލިބޭނެ މަގުތައް ފަހިކޮށް، އަދި ހުޅުވާލެވިފައިވާ ބަހުސްތަކަށް ފުރުސަތު ދީގެން، ހޭލުންތެރި އަދި ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް ކަމުގައި ވިދާޅުވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލެއްވީ ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައި، ހިތްވަރާއި އިޙްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރަމުންދާ ނޫސްވެރިންގެ މަސައްކަތް ސަރުކާރުން ބަލައިގަންނަކަން ހާމަކުރައްވަމުނެވެ.

މީގެ އިތުރުން ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކުރަމުންދާ މި އަގުހުރި ޚިދުމަތުގައި ދެމިތިބުމަށް ހުރިހާ ނޫސްވެރިންނަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ad