އޮކްޓޯބަރު މަހުގެ 3 ގައި އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ދައުވާ ކުރި އެމްޑީޕީގެ މެމްބަރުން ކަމަށްވާ ޒާޔާ އާއި މެމްބަރު މައުރޫފްގެ މައްސަލަ ނިންމައި ޕީޖީއަށް ފޮނުވައިފިއެވެ.
މި މައްސަލައިގައި މައުރޫފާއި ޒާޔާގެ އިތުރުން ދެން ދައުވާކޮށް ދިނުމަށް އެދި ޕީޖީއަށް ފޮނުވީ ނ. ހޮޅުދޫ، މާފޮޅޭވިލާ، އަބްދުއްސަލާމްގެ މައްޗަށެވެ.
މި މައްސަލަ އަކި މިދިޔަ އަހަރު އޮކްޓީމްބަރު މަހުގެ 3 ވަނަ ދުވަހު އެމްޑީޕީން ބޭއްވި ބޮޑު މުޒަހަރާއާއި ގުޅިގެން އުފުލި ދައުވާ އަށްވާއިރު، މި ދައުވާ އުފާލާފައިވަނީ އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ، މުޒާހަރާކޮށް އަދި އާންމު ދަތުރުފަތުރަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ބުނެއެވެ. މި މައްސަލައިގެ ބާވަތަށް ބަލާއިރު މިއީ ޣައިރު ގާނޫނީ އެއްވުމެއް ރޫޅާލުމަށް އުޅޭ މީހާއަށް ހުރަސް އެޅުމުގެ ކުށެވެ.
މި މުޒާހަރާއާއި ގުޅިގެން ވަރަށްގިނަ ބަޔަކު ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުންވެސް ހިމެނެއެވެ.
ޒާޔާއި މައުރޫފަށް ދައުވާ އުފުލުމުގެ މި މައްސަލަ ނިމުނީ ބުރާސްފަތި ދުވަހުގައެވެ.

.jpg&w=3840&q=75)