logo

އީދު ކުޅިވަރުތައް ކުޅޭއިރު ދީނާ ހިލާފު ކަންކަމުން ދުރުހެލިވާން ޖެހޭނެ: ޝަހީމް

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

އަޟްޙާ ޢީދު ފާހަގަކުރުމުގައި އިސްލާމީ ސަގާފަތާ ހިލާފު ކަންކަމުން ދުރުހެލިވުމަށް އަޒުމު ކަނޑައަޅަންޖެހޭކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު އަޟްޙާ ޢީދު ފާހަގަކުރަމުންދާއިރު ވިސްނަންވީ ކަންކަމުގެ މައްޗަށް އަލިއަޅުވައިލައްވައ ފޭސްބުކުގައި ވަޒީރު ޝާއިއުކުރެއްވި ޕޯސްޓުގައ ވިދާޅުވީ މި ދަނޑިވަޅަކީ އެތައް މިލިއަން މުސްލިމުންނެއް އިސްލާމްދީނުގެ އެންމެ މަތިވެރި އަޅުކަން ކަމުގައިވާ ޙައްޖުގެ މަތިވެރި މަޝާއިރުތައް އަދާކޮށް، ﷲއަށް ތަލްބިޔާ ކިޔަމުންދާ ދަނޑިވަޅެއް ކަމަށެވެ.

އަދި މިފަދަ މުނާސަބަތެއްގައި އަޟްޙާ ޢީދު ފާހަގަކުރަމުންދާއިރު، ޢީދުގެ އުފާފާޅުކޮށް ކުޅިވަރު ކުޅޭއިރު، އެ މަޝާޢިރުތަކުގެ މަތިން ހަނދާންްކޮށް އެކަންކަން ހިތްމައްޗަށް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޢީދަކީ އިސްލާމްދީނުގެ މުހިއްމު މުނާސަބަތުތަކުގެ ތެރެއިން ވަރަށް މަތިވެރި އަދި އެހާމެ ބޮޑު އަހަންމިއްޔަތުކަމެއް ދެވިފައިވާ މުނާސަބަތެއް ކަމަށެވެ. އަދި އެ މުނާސަބަތުގެ މައިގަނޑު އެންމެ މަތިވެރި މަގުސަދަކީ މާތްﷲ މަތިވެރިކުރުންކަމަށެވެ.

އީދަކީ އިސްލާމީ މުނާސަބަތެއްކަމާއި، އެ މުނާސަބަތު އިހުތިފާލުކުރަނީ މާތްﷲ މަތިވެރިކުރުމުގެ މަގުސަދުގައިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އީދުގެ އުފާފާޅުކުރުމަށް އީދު ކުޅިވަރުގެ ނަމުގައި އިސްލާމްދީނުގެ ސަގާފަތާ ދުރުހެލި ކަންކަމުން އެއްކިބާވާން އަޒުމު ކަނޑައަޅަންޖެހޭ ކަމަށެވެ.

މީގެ އިތުރުން، މިއަހަރުގެ އަޟުހާ އީދު ނަމާދުގެ ޚުތުބާގައިވެސް ވަނީ އީދު ފާހަގަކުރުމުގައި ދީނީ މިންގަނޑުތަކުން ބޭރުނުވުމަށް ބާރުއަޅާފައެވެ. އެގޮތުން ދެޖިންސު މަސްހުނިވުމާއި، އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި، އަދި އިސްލާމީ އަޚްލާގާ ނުގުޅޭ ފަދަ ގޮތްގޮތަށް ހެދުން އެޅުމުން ދުރުހެލިވުމަށް މުޅި ރާއްޖޭގެ މިސްކިތްތަކުގައި ވަނީ ނަސޭޙަތްތެރިވެފައެވެ.

ad