logo

ދިވެހި ފުޓްސަލްގަ ކަނޑުހުޅުދޫގެ ނަން ވިދާލަނީ، 3ވަނަ ފަހަރަށް ޗެމްޕިއަނާއި ދިމާލަށް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
12 ދުވަސް ކުރިން

ކޮންމެ އަހަރަކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ގޯލްޑަން ފުޓްސަލް ޗެލެންޖުގަ ކަނޑުހުޅުދޫ ވިދާލަނީ ފުޓްސަލްގެ މައިދާނުގަ ދަނޑު މަތިން މޮޅު ކުޅުމެއް ދައްކަމުންނެވެ. 2016 އަދި 2024 ގެ ގއ. އަތޮޅުގެ ޗެމްޕިއަން ޓީމަކި ކަނޑުހުޅުދޫއެވެ. މުޅި އަތޮޅުގެ ފަޙްރު، އެކި މުބާރާތްތަކުން މޮޅު ކުޅުމެއް ދައްކަމުންދާ ކަނޑުހުޅުދޫ ފުޓްސަލް ޓީމްފެންނަނީ ފުޓްސަލް ގެ ކުރިމަގު އުޖާލާ ކޮށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގަ 2 ފަހަރަށް ލިބުނު ޗެމްޕިއަން ކަން އެއީވެސް ފްޓްސަލް ޓީމްގެ ވަރުގަދަ ހުނަރާއި ދަނޑުމައްޗަށް ފަރިތަ ބާޒުތަކެއްފަދަ ހިތްވަރުގެ މިސާލެވެ. އާދެ! އަދިވެސް ކަނޑުހުޅުދޫ ޓީމް އޮތީ 2016 އަދި 2024 ޗެމްޕިއަންކަން ހޯދި ފަދަ ރޫހުގަ އެވެ. އެ އަޒުމުގައެވެ. އެ އުންމީދުގައެވެ. އުންމީދާއި އެކު ދަނޑު މައްޗަށް ނުކުންނަން ތައްޔާރުވަމުންދާ ކަނޑުހުޅުދޫ ފުޓްސަލް ޓީމް މިފަހަރު ނުކުތީ " އަލަ ރޫހަކު އަލަ ރާސްތާއަކު" މި ޝިއާރުގެ ދަށުންނެވެ. އާދެ! ދެނެއް ކަނޑުހުޅުދޫ ފުޓްސަލް ޓީމް އަތު ނުވާނެ ކަމަށް ސަޕޯޓަރުން ދަނީ ބުނަމުންވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގަ މިހާރު ކުޅެމުންދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގަ ކަނޑުހުޅުދޫ ޓީމުން ސީދާ ގޯލަށް ޖަހާ ކޮންމެ ލަޑެއް އެއީ ކުޅުންތެރިންގެ ފަޙްރެވެ. ސަޕޯޓަރުންގެ އުންމީދެވެ. ދަނޑު ސަރަހައްދު މިރޭ ފުރާލާނެ ކަމަށް ކަނޑުހުޅުދޫ ސަޕޯޓަރުން ބުނާއިރު، ކޮންމެ ރެއަކު ސަޕޯޓަރުން އެއް އަޑަކުން ގޮވާލާ ދައްކާ ފޯރިން ކުޅުންތެރިންނަށް އާރޫހެއްލިބި ޖޯޝްގެނުވައެވެ.

ސަޕޯޓަރަކު ބުނި "ސާބަހޭ ތިޔައީ ފިސާރި ދަނޑު މައްޗަށްފަރިތަ ކަނޑުހުޅުދޫގެ ފަހްރު". މެޗްތައް ފެށުނު ފަހުން ވެސް އަދާ ހަމަޔަށްވެސް މޮޅު ކުޅުމެއް އެ ދައްކަނީ ނިކަން ފިސާރި ހިތްވަރެއް ދައްކަމުން ކަމަށެވެ.

undefinedކަނޑުހުޅުދޫ ފުޓްސަލް ޓީމްގެ ބައިވެރިން ގޯލްޑަން ފުޓްސަލް ޗެލެންޖު ގަ ބައިވެރިވެގެން ކުރިއަށް 3 ވަނަ ފަހަރަށް ޗެމްޕިއަންކަމާއި ދިމާލަށް، ޓީމްގެ އަރަމުން އަންނަ ކުޅުންތެރިން؛ ފޮޓޯ ކަޑުހުޅުދޫ ފުޓްސަލް ޓީމް

މުޅި ދަނޑު އެއް އަޑަކުން ގުގުމާލަނީ ސާބަހޭ ދަރިންނޭ ތިޔައީ ރަށާއި އަތޮޅަށްހުރި ނަމޫނާ ދަރިންގެ ގޮތުގައެވެ. ތެދެކެވެ. ފުޓްބޯޅައިގެ މައިދާނުގަ އަރަމުން އަންނަ ދަނޑުގެ ބާޒުތަކެއް ފަދައިން އެދައްކާ ހިތްވަރުން މިފަހަރުގެ ޗެމްޕިއަން ކަން ހޯދާނީ ވަރަށް ވެސް ކެރިހުރެގެން ކަމަށްގަބޫލު ކުރެވެއެވެ.

ދަނޑުގެ ހީރޯއިން ފަދައިން އެދައްކާ ވަރުގަދަ ހިތްވަރުން ބަލަންތިބި މީހުންދަނީ އަޝޯޙް ކުރުވަމުންނެވެ. މިރޭ އޮތީ ފައިނަލް މެޗެވެ. ގއ. އަތޮޅުގެ ފައިނަލުގަ މިފަރު ދެއްވަދޫ އާއި ކަނޑުހުޅުދޫ އާއި ވާދަކުރާއިރު ދެއްވަދޫ މަސައްކަތް ކުރަނީ ތަށި ދިފާއުކުރުމަށެވެ. އެހެންނަމަވެސް ކަނޑުހުޅުދޫ ޓިމްގެ އުންމީދު ވަރަށް ވަރުގަދައެވެ. ކަނޑުހުޅުދޫ ޓީމުން މަސައްކަތްކުރަނީ 3 ވަނަ ފަހަރަށް ތަށި ގެނައުމަށެވެ. އަތޮޅުގެ ނަންވިދާލާ މި ޓީމަށް މިފަރު މިކަން ވާނެ ކަމަށް ސަޕޯޓަރުން ބުނެއެވެ.

ad