logo

ހަ އަހަރުގެ ކުއްޖަކު ނިޔާވި މައްސަލަ ބަލަން ފަށައިފި

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ހާއްސައެހީއަށް ބޭނުންވާ ހަ އަހަރުގެ އިބްރާހިމް އަޒާން ސުހެއިލް ނިޔާވި މައްސަލަ ސިއްހީ ވުޒާރާއިން ބަލަން ފަށައިފިއެވެ.

ކާންދޭން ބޭނުންކުރާ ފީޑިން ޓިޔުބް ލިބުން ލަސްވެ، ހާލު ދެރަވެގެން އިއްޔެ ނިޔާވި މ. ޗީޒް، އިބްރާހީމް އަޒާން ސުހައިލް އެވެ. އާއިލާ އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ސްޕޭސްޓިކް ކުއަޑްރިޕްލެޖިކް ސެލެބްރަލް ޕަލްސީ ހުންނަ އަޒާންއަށް ކާންދެވޭ ހަމައެކަނި މަގަކީ ހޮޅިކޮޅެއް ނުވަތަ ފީޑިން ޓިއުބެއް މެދުވެރިކޮށް ކަަމަށެވެ.

އެ ހޮޅިކޮޅު ގެންނަން އާސަންދަ އޮފީހުގައި އެދިގެން އަށް މަސްވި އިރު ވެސް ނުލިބުނު ކަމަށް އާއިލާއިން ބުނެފައިވެއެވެ. އަދި އެސްޓީއޯ ހުޅުމާލެ ފާމަސީއަށް އެތައް ފަހަރަކު ގޮސް، އެންސްޕާއިން އެކަން އެޕްރޫވް ނުކުރާކަމުގެ ޖަވާބު ލިބިފައިވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެންސްޕާއިން ފަހުން ހޮޅިކޮޅު ފޯރުކޮށްދިން، ނަމަވެސް އޭރު އެ ލެއްވޭވަރަށް ވުރެ ކުއްޖާގެ ހާލު މާބޮޑަށް ސީރިއަސްވީ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ސިއްހީ ވުޒާރާއިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އަޒާން ނިޔާވި މައްސަލަ ސިއްހީ ވުޒާރާ އާއި ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެސްޓީއޯ އިން ބުނީ އެ ހޮޅި ލިބުން ލަސްވި ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށެވެ.

އަޒާންގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަންނަނީ ބަލަމުންނެވެ.

ad