އދ. ދަނގެތީގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ ފިއުލް ސްޓޭޝަނެއް ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.
މިއީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އެސްޓީއޯއާއި އެފްއެސްއެމް ގުޅިގެން ކުރަމުންދާ މަސައްކަތެކެވެ.
އެގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ގާއިމުކުރުމަށް ފެށީ ނޮވެމްބަރު 2024 ގަ އެވެ.

މި މަޝްރޫއުގެ ދަށުން ބައެއް އަތޮޅުތަކުގައި ފިއުލް ސްޓޭޝަން ހުޅުވައި ހިދުމަތް ދޭން ފަށާފައިވާއިރު ބައެއް ރަށްރަށުގައި ފިއުލް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް އެފްއެސްއެމް އިން އަންނަނީ ކުރަމުންނެވެ.
މިހާރު ރާއްޖޭގެ ގިނަ އަތޮޅުތަކުގައި ތެޔޮ ފޯރުކޮށްދެނީ އަމިއްލަ ފަރާތްތަކުންނެވެ. އޭގެ ސަބަބުން ތެޔޮ ގަންނަން ލިބެނީ އާއްމު ރޭޓަށްވުރެ އަގު ބޮޑުކޮށެވެ. މިކަން ޙައްލު ކޮށްދެއްވުމަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ފިއުލް ސްޓޭޝަންތަކެއް ޤާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

