ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައި ނުވާތީ އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން އާންމުކޮށް އިއުލާނުކޮށްފައިވަނީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައެވެ.މި މައްސަލައިގައި ހޯދަމުންދަނީ ތ. މަޑިފުށި، ޝިހާމާ މަންޒިލް، އުމުރުން 39 އަހަރުގެ ޢަލީ ޝާފިޢު (އައިޑީކާޑު ނަންބަރު: A246009) އެވެ.
ފުލުހުން ބުނީ، ޢަލީ ޝާފިޢު ހާޒިރުކުރަނީ މި މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ. އަދި އޭނާ ހާޒިރުވާން ޖެހެނީ ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް، 2026 ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ.

