logo

ރެސްޓޯރެންޓެއްގައި އިން އަންހެނަކަށް ފިރިހެނަކު ހަމަލާދީފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
10 ގަޑިއިރު ކުރިން

މާލެ، މާފަނުންގައި ހުންނަ ރެސްޓޯރެންޓެއްގައި އިން އަންހެނަކަށް ފިރިހެނަކު ހަމަލާދީފިއެވެ.

ފުލުހުން ބުނީ މާލެ، މާފަނުންގައި ހުންނަ ރެސްޓޯރެންޓެއްގައި މާރާމާރީއެއް ހިންގާ ކަމުގެ މައުލޫމާތު 2026 އޮގަސްޓް 22 ވަނަ ދުވަހުގެ ރޭގަނޑު 23:00 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅޭގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ރެސްޓޯރެންޓް ތެރޭގައި ހިނގި ހަމަނުޖެމެއްގައި ރެސްޓޯރަންޓުގައި އިން އަންހެނަކަށް ފިރިހެނަކު ހަމަލާދީފައިވާ ކަމަށާއި، މީގެ އިތުރުން، މި ހަމަނުޖެހުން ހުއްޓުވަން މަސައްކަތް ކުރި ބަޔަކަށްވެސް ހަމަލާދީ، ރެސްޓޯރެންޓްގެ ދޮރަށް ގެއްލުންދީފައިވާ ކަމަށެވެ.

އަދި މި މާރާމާރީގައި، އެތަނުގެ އަންހެން މުވައްޒަފެއްގެ ބޮލަށް ހަމަލާދިނުމުގެ ސަބަބުން ބޯ ދުޅަވެ އަނިޔާ ލިބުނު ކަމަށެވެ. މި މައްސަލަައިގެ ތުހުމަތުގައި އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ad