logo

ޕީއެންސީން އަބަދުވެސް އިސްކުރަނީ ޤައުމީ ފިކުރު: ވަޒީރު ސައީދު

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

ޕީއެންސީން އަބަދުވެސް އިސްކުރަނީ ޤައުމީފިކުރު ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ކުރެއްވި ޕޯސްޓަކަށް ރީޓުވީޓު ކުރައްވަމުންނެވެ. ވަޒީރު ސައީދުގެ ޕޯސްޓުގައި އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. އެގޮތުން އެމްޑީޕީއަށް ވެރިކަން ލިބުނު ދެ ފަހަރުވެސް ފެނިގެންދިޔައީ އެއް މަންޒަރެއްކަން ފާހަގަކުރައްވައި، ސައީދު ވިދާޅުވީ އެ ޕާޓީގެ ފިކުރު ނޫން އެހެން ކޮންމެ މީހަކު ވަޒީފާ ދޫކޮށް ދާންޖެހޭނެ ކަމަށް ބުނެ އަމަލުން އެކަން ދައްކާފައިވާ ކަމަށެވެ.

View post on Twitter

ސައީދު ވިދާޅުވީ އެމްޑީޕީން މިހާރު އެ ޕާޓީން ސަރުކާރު ހިންގިގޮތް ހަނދާނެތް ކަމަށާއި، ޕީއެންސީ ސަރުކާރުން ވަކި ޕާޓީއަކަށް ނިސްބަތްވާތީ އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށާއި، ޕީއެންސީން އަބަދުވެސް އިސްކުރާނީ ގައުމީ ފިކުރު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސައީދު ވިދާޅުވިގޮތުގައި އެމްޑީޕީގެ ވެރިކަމުގެ ދެ ފަހަރުވެސް ފައިސާ މެނޭޖުކުރަން ނޭނގި، ގައުމުގެ އިގްތިސާދު އޮތީ ދަރުވާލާފަކަމަށެވެ.

މި މައްސަލައިގައި މެންބަރު އިބްރާހިމް ޝުޖާއު ކުރެއްވި ޕޯސްޓުގައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލަށް އަމާޒުކޮށް ވިދާޅުވީ، ދާއިރާތަކުގެ ރައީސުންނަށް ކޯފާ އިސްކުރެއްވުމުގެ ބަދަލުގައި އެމްޑީޕީގެ ވެރިކަމުގައި ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިކުރި މީހުންގެ ހާލަތަށް ބެއްލެވުމަށެވެ. އަދި މިއަދު އެމްޑީޕީން މުޒާހަރާއަށް ނިކުންނަން އުޅުނަސް، އެމީހުންގެ ކުރިމައްޗަށް ނިކުންނާނީ އެމްޑީޕީގެ ވެރިކަމުގައި ވަޒީފާއިން ވަކިކުރި ޗިޓްތައް ހިފައިގެން ތިބި މުވައްޒަފުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ad