މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރާއްޖޭގެ އުތުރުގައި އުލިގަމު ޔޮޓް މެރީނާ ތަރައްގީކޮށް، އޮޕަރޭޓްކޮށް މާކެޓް ކުރުމަށް ތަޖުރިބާކާރު މެރީނާ އޮޕަރޭޓަރުންނާއި، ހޮސްޕިޓާލިޓީ ޑިވެލޮޕަރުންނާއި، ޓޫރިޒަމް އިންވެސްޓަރުން އަދި އިންޓަގްރޭޓެޑް ޑެސްޓިނޭޝަން ޑިވެލޮޕަރުންގެ އެހީތެރިކަމާ އެކު މަސައްކަތް ކުރަން ނިންމައިފި އެވެ.
އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް (އީއޯއައި) އަށް ޔޮޓިންގ، ޓޫރިޒަމް އަދި ލައިފްސްޓައިލް ހަރަކާތްތައް އެކުލެވިގެންވާ މެރީނާ ޑެސްޓިނޭޝަންގެ މައި ޑިވެލޮޕަރެއްގެ ގޮތުގައި އިސްކޮށް ހަރަކާތްތެރިވާނެ ހުނަރުވެރި އަދި ޝައުގުވެރިކަން ހުންނަ ފަރާތްތައް ހޯދުން ކަމަށާއި، މި ޕާޓްނަރުގެ ދައުރު ބޮޑުވާނީ އުލިގަމް އަކީ އުތުރުގެ އެންމެ މަތީ މެރިޓައިމް ހަބެއްގެ އިތުރުން ޕްރިމިއަމް ޓޫރިޒަމް ސްޕޮޓަކަށް ހެދުން ކަމަށެވެ.
މި އީއޯއައި އަކީ ވާދަވެރި ޕްރޮސެސްއެއްގެ ފުރަތަމަ މަރުހަލާ ކަމަށާއި އޭގެ ސަބަބުން ޝޯޓްލިސްޓުގައި ހިމެނޭ ފަރާތްތަކަށް ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) ފޮނުވޭނެ ކަމަށެވެ.
އުލިގަން ޔޮޓް މެރީނާއަކީ ރާއްޖޭގެ އުތުރުގެ މެރިޓައިމް ޓޫރިޒަމް ކުރިއެރުވުމަށާއި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އެމްޕީއެލް އިން ރާވާފައިވާ ދުރު ރާސްތާގެ ޕްލޭންގެ މުހިންމު ބައެކެވެ.
މި ޕްރޮޖެކްޓްގެ އަމާޒަކީ ބުޓީކް، ހައި އެންޑް މެރީނާއެއް އުފެއްދުމެވެ.
- ޔޮޓިން އަދި މެރީނާގެ ހިދުމަތް
- ހޮސްޕިޓާލިޓީ އަދި ރިސޯޓް ސްޓައިލް ޑިވެލޮޕްމަންޓް
- ލައިފްސްޓައިލް އަދި ޓުއަރިޒަމްގެ ތަޖުރިބާ
މި ސައިޓަށް ކޮންމެ އަހަރަކުވެސް ޔޮޓްތައް ޒިޔާރަތް ކުރާ އިރު، މެރީނާގެ ހިދުމަތްތައް ބަދަލުވާން ފެށުމާ އެކު، މިހާރު ހުރި ޔޮޓް ޓްރެފިކް ފުރިހަމަ މެރީނާ އިކޮނޮމީއަކަށް ބަދަލުކުރުމުގެ ފުރުސަތު އެބައޮތެވެ.
މި މަޝްރޫއަށް ބޭނުންވާ 70،471 އަކަމީޓަރުގެ ބިން އުލިގަމު ކައުންސިލާއެކު 2024 ވަނަ އަހަރު އޮގަސްޓު 1 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިދިޔަ އޮގަސްޓުމަހު 23 ވަނަ ދުވަހު ވަނީ ބިން ހަވާލުކޮށްފައެވެ.
މި މަޝްރޫއާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމުގެ ފުރުސަތު މިމަހު 16 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލެވިފައިވާއިރު، އީއޯއައި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހު 21 ވަނަ ދުވަހުގެ 14:00 އެވެ. އީއޯއައި ހުށަހަޅަން ޖެހޭނީ އެމްޕީއެލްގެ ޓެންޑާ އީމެއިލް ([email protected]) މެދުވެރިކޮށެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓު އެއް ފަހަރާ ބަނދަރު ކުރެވޭނެ މެރީނާއެއް ތަރައްގީ ކުރެވޭނެއެވެ.

.jpg&w=256&q=75)
