logo

ބަންގްލަދޭޝްގައި ބޭއްވި ކުޑަކުދިން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭ ސަރަހައްދީ މަސައްކަތު ބައްދަލުވުމުގައި ދިވެހި ފުލުހުންގެ އޮފިސަރަކު ބައިވެރިވެއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ގަޑިއިރެއް ކުރިން

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އިންތިޒާމުކޮށްގެން ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްގެންދިޔަ "ރީޖަނަލް އެކްސްޕާޓް ވާރކްޝޮޕް އޮން ސްޓްރެންތެނިންގ ޗައިލްޑް-ސެންޓަރޑް ރެސްޕޮންސަސް ޓު ޓްރެފިކިންގ އިން ޕަރސަންސް އިން ސައުތު އޭޝިއާ" ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.

2026 ސެޕްޓެމްބަރު 8 އިން 9 ގެ ނިޔަލަށް ކުރިއަށްދިޔަ މި މަސައްކަތު ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހިއުމަން ޓްރެފިކިންގ އިންވެސްޓިގޭޝަންގައި މަސައްކަތްކުރައްވާ އިންސްޕެކްޓަރ އޮފް ޕޮލިސް ޝުޢައިބު ޢަބްދުއްރަޙްމާނެވެ.

މި މަސައްކަތު ބައްދަލުވުމަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ކުޑަކުދިން ޓްރެފިކްކުރުމުގެ މައްސަލަތައް ހުއްޓުވުމަށާއި އެފަދަ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމާއި ވިސްނުން އަދި ގާބިލުކަން އިތުރުކުރުމެވެ. މީގެއިތުރުން، ޓްރެފިކިންގގެ ޝިކާރައަކަށްވާ ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، އިންސާފު ލިބުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ނިޒާމުތައް ހަރުދަނާކުރުމަށް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.

ad