ގެދޮރު އެޅުމާއި ގެދޮރު ގަންނަން މާލީގޮތުން ދަތިވާ މީހުންނަށް އެހީތެރިވުމަށް، މާލީ އެހީ ދިނުމުގެ އިތުރު ޕްރޮގްރާމަކަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙުމަދު ނާޒީމް މުޙައްމަދު ވިދާޅުވީ، ރާއްޖޭގައި ގެދޮރުބިނާކުރުމަށް ލޯނު ނެގުމަށް ޝަރުތު ހަމަނުވާތީ، ގެދޮރު ބިނާ ނުކުރެވި އެތައް ބަޔަކު އެބަތިބިކަމަށެވެ.
ނާޒިމް ވިދާޅުވީ، ގެދޮރު ބިނާކުރުމަށް އެހީވުމަށް ބޭންކްތަކާ ގުޅިގެން އިތުރު 2 ފައިނޭންސިން ޕްރޮގްރާމަކަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށާއި، މި ސްކީމުގައި ސަރުކާރުން އެހީތެރިކަންދޭނީ، އަމިއްލަ ބިން އޮވެ ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް ކަމަށެވެ. އަދި އެ އެމީހުން ބޭންކުތަކުން ލޯނަށް އެދޭއިރު އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމުގަ ކމަށެވެ.
އެހެންކަމުން މިއީ ލޯނު ނެގުމަށް ބޭންކަން ބޭނުންވާ އެންމެ މުހިންމު އެއް ޝަރުތު ކަމަށެ.
ބޯހިޔާވަހިކަމަށް ސަރުކާރުން އެންމެ ފުރަތަމަ ހުޅުވާލި ހިޔާވެހި ސްކީމްގައިވެސް އެތަށް ބަޔަކު އެކަމަށް އެދި ހުށައެޅިއިރު، ސަރުކާރުން ވަނީ 1.1 ބިލިޔަން ރުފިޔާ ދޫކުރަން ނިންމާފައެވެ.
"ސަރުކާރުން އިކުއިޓީއަށްވާ ފައިސާ ދޫކޮށްގެން ބޭންކުން ފައިސާ ލިބޭނެ އިންތިޒާމް މި ހަމަޖައްސަދޭނެ ކަމަށާއި، 2 ލައްކަ ރުފިޔާ އިކުއިޓިގެ ގޮތުގައި ދީގެން 1 މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ލިބޭ ސްކީމެއްތައާފް ކުރާނެ ކަމަށެވެ. ސްކީމް 2 މަސްތެރޭ އިފްތިތާހުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

.jpg&w=256&q=75)
