logo

ނިމުނު މެއި މަހު ޕީޖީ އޮފީހުން 263 ދައުވާ ކޯޓަށް ހުށަހަޅައިފި

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

މެއި މަހުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ކޯޓަށް 263 ދައުވާ ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހުގެ ނިޔަލަށް އެ އޮފީހުގެ ވަކީލުން ހާޒިރުވެފައިވަނީ 1150 އަޑުއެހުންތަކަށެވެ. މިއީ އޭޕްރިލް މަހާ އަޅާބަލާއިރު ދަށް އަދަދެކެވެ. އޭޕްރިލް މަހުގެ އެ އޮފީހުގެ ވަކީލުން ވަނީ ޖުމްލަ 2،710 އަޑުއެހުމަކަށް ހާޒިރުވެފައެވެ.

މެއި މަހުގެ ތެރޭގައި އަލަށް ބަލައިގަނެފައިވަނީ 143 މައްސަލަ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ. އެކި މައްސަލަތަކުގައި ތަހުގީގީ އިދާރާތަކަށް 447 ފަހަރެއްގެ މަތިން ގާނޫނީ ލަފާދީފައިވާ ކަމަށާއި އެކި ކުށްކުށުގައި ޖުމްލަ 263 މައްސަލައެއްގެ ދައުވާ ވަނީ ކޯޓުތަކަށް ހުށަހަޅާފައި ކަމަށް ތަފާސްހިސާބުތަކުންދައްކައެވެ.

އޭޕްރީލް މަހު އެ އޮފީހުން ވަނީ 190 މައްސަލަ ބަލައިގަނެ، ތަހުގީގީ އިދާރާތަކަށް 552 ފަހަރެއްގެ މަތިން ލަފާދީ، 232 ދައުވާއެއް ކޯޓަށް ހުށަހަޅާފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަކީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ދައުލަތުގެ ފަރާތުން ޖިނާއީ ދައުވާތައް އުފުލުމާއި، ތަހުގީގީ އިދާރާތަކަށް ގާނޫނީ އިރުޝާދު ދިނުމުގެ އެންމެ އިސް މުއައްސަސާއެވެ. ޕީޖީ އޮފީހުން ކޮންމެ މަހަކުވެސް އެ އޮފީހުގެ މަސައްކަތްތަކުގެ ތަފާސްހިސާބުތައް އާންމުކުރެއެވެ.

ad