logo

ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ފަށައިފި

މަރްޔަމް
8 ގަޑިއިރު ކުރިން

ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ފަށައިފި އެވެ.

މިއަދު ބާސެލޯ ނަސަންދުރާގައި ފެށި މި ފޯރަމް ޝަރަފްވެރިކޮށް ދެއްވީ ރައީސް ޑރ.މުޙައްމަދު މުއިއްޒެވެ. މި ފޯރަމަކީ މިހާރު ކުރިއަށް ދިވެހިންގެ އުފެއްދުންތަރިކަމުގެ މައުރަޒުގެ ހަވާސާގެ ތެރެއިން ބާއްވާ ފޯރަމެކެވެ.

ފޯރަމްގައި 100 އަށް ވުރެ ފަރާތުން ބައިވެރިވެފައިވާ އިރު އޭގެތެރޭގައި ޗައިނާގެ 40 އަށް ވުރެ ގިނަ ކުންފުނިން ހިމެނެ އެވެ. އެގޮތުން ޗައިނާ-މޯލްޑިބްސް ފޯރަމްގެ ތެރެއިން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާ ގުޅޭ 5 އެމްއޯޔޫއެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވެ އެވެ.

މިއަދު އެކަނި ކުރިއަށް ގެންދާ މި ފޯރަމް އިންތިޒާމުރީ އިކޮނޮމިކް މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ގުޅިގެންނެވެ.

މި ސަރުކާރުން މިހާތަނަށް 7 ޤައުމެއްގައި ބިޒްނަސް ފޯރަމް ބާއްވާފައިވެ އެވެ. އެއީ ޗައިނާ، ޔޫއޭއީ، އިންޑިއާ މެލޭޝިއާ، ސިންގަޕޫރު، އިންގިރޭސިވިލާތް އަދި ޕާކިސްތާނެވެ.

ad